ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމާ އާންމުންނަށް ހުޅުވާލައިފި

ހުޅުމާލެ ހިޔާ ޓަވަރުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިންމާ އާންމުންނަށް ހުޅުވާލައިފިއެވެ.

މި މަޝްރޫއުގެ ދަށުން ހަރުކުރި ލިފްޓުތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހިޔާ ފްލެޓުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާތީ، އެކަން ހައްލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ވަނީ އަލަށް ހަރުކޮށްފައެވެ.

އަލަށް ހަރުކުރި ލިފްޓުތަކުގެ ތެރޭގައި ހިމެނެނީ ސްޓްރެޗަރ ނުވަތަ ބަލި މީހުން އުފުލޭނެ ޖާގަ އޮންނަ 21 މީހުންގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ. މީގެ އިތުރުން، މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެއްކަން ފާހަގަކޮށްލެވެއެވެ.

25 ފަންގިފިލާގެ ހިޔާ މަޝްރޫއަކީ 6720 ހައުސިން ޔުނިޓް ހިމެނޭ ބޮޑު އާބާދީއެއް ދިރިއުޅޭ ސަރަހައްދެކެވެ. ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގެ އާބާދީ ގާތްގަނޑަކަށް 2000 އަށް އަރައެވެ. އެހެންކަމުން މި ލިފްޓުތަކާއެކު ޓަވަރުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި މަޝްރޫއަކީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ލިފްޓުތައް ބޭނުންކުރަން ފެށުމާއެކު، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: