ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން އަމީޒާ އާއި ހަލީމްގެ ނަން ހުށަހަޅުއްވައިފި

ފާތިމަތު އަމީޒާ އާއި މުހައްމަދު ހަލީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރައްވަން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ އާއި ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޓެކްސް ކޮމިޝަނަރަކަށް އައްޔަންކުރަން ރައީސް ނަން ފޮނުއްވި ސިޓީ ތަޅުމަށް އިއްވައިފައެވެ.

ޓެކްްސް ކޮމިޝަނަރަކަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަންކުރައްވަން ރައީސް ޑރ. މުއިއްޒަށް ފެނިވަޑައިގެންނެވީ މުހައްމަދު ހަލީމް އަބްދުﷲ އާއި ފާތިމަތު އަމީޒާއެވެ.

ހަލީމަކީ އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް ރައީސެވެ. އޭނާ އަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްްވާފައިވާ ބޭފުޅެކެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި އަމީޒާ އަކީ މެލޭޝިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމުންނެވެ. ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: