ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބުލިޔުއެސްސީގެ ކައުންޓަރުތަކުން މި ހަފުތާގެ ދެ ދުވަހު ޚިދުމަތްދޭނެ

ފޮޓޯ: އެމްޑަބުލިޔުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ތިނަކުން ފެށިގެން އެއްހަފުތާގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާތީ، އެމްޑަބުލިޔުއެސްސީގެ ކައުންޓަރުތަކުން މި ހަފުތާގެ ދެ ދުވަހުގައި ޚިދުމަތްދޭގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

އެމްޑަބުލިޔުއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް-19 އާއި ގުޅިގެން ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ސަރުކާރު ބަންދުކޮށްފައިވާތީ، މި މަހު ހައެއްވާ ހޯމަދުވަހާއި، އަށެއްވަ ބުދަދުވަހު، އެ ކުންފުނީގެ ކައުންޓަރުތަކުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މި ގޮތުން، އެ ދެދުވަހުގެ ހެނދުނު 9:00 އިން ފެށިގެން، މެންދުރު 12:00 އަށް، އެ ކުންފުނީގެ މައި އޮފީހުންނާއި، ފެން ބިލްޑިންގުގެ ކަސްޓަމަރ ސާރވިސް ކައުންޓަރުންނާއި، ރިސެޕްޝަނުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.

މި އުސޫލުގެ ދަށުން، ފެންބިލުތަކަށް ޗެކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް، ކަސްޓަމަރސާރވިސް ކައުންޓަރުން ސިޓީއާއި އިންވޮއިސްއާއި، އެހެނިހެން ލިޔެކިޔުންތައް ބަލައިގަތުމާއި، ޕޭމަންޓް ދޫކުރުން ރިސެޕްޝަނުން ކުރިއަށްދާނެކަމަށް އެމްޑަބުލިޔުއެސްސީއިން ހާމކޮށްފައިވެއެވެ.

އެމްޑަބުލިޔުއެސްސީއިން ބުނީ، އެ ކުންފުނީގެ ފަރާތުން، އަތޮޅުތަކުގައި ޚިދުމަތްދޭ ރަށްރަށުގެ ކަސްޓަމަރސާރވިސްގެ ކައުންޓަރުތަކުން ވެސް ޚިދުމަތްތައް ލިބޭނެކަމަށެވެ. މީގެ އިތުރުން، އެ ކުންފުނީގެ ފެންބިލުތަކަށް ފައިސާ ބަލައިގަތުމަށް ހުއްދަދީފައިވާ ޕޭމަންޓް ކައުންޓަރުތަކުން ވެސް، އެ ޚިދުމަތްތައް ލިބޭނެކަމަށް އެމްޑަބުލިޔުއެސްސީއިން ހާމަކުރެއެވެ.

އެމްޑަބުލިޔުއެސްސީއިން ވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށާއި، ކަސްޓަމަރުން ވީހާވެސް ބޮޑަށް ބޭރުގައި އުޅޭ ވަގުތުތައް މަދުކުރުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅޭއްގެ ގޮތުން، ބިލަށް އަރާ ޢަދަދު ބަލައިލުމަށާއި، ބިލަށް ފައިސާދެއްކުމަށް މޯބައިލް އެޕްލިކޭޝަންގެ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ޚިދުމަތްތަކަށް އެދޭ ފަރާތްތަކުން ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމަށާއި، ކުންފުނީގެ ޚިދުމަތްތަކާއި އަދި އެކިކަންކަމާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ސިޓީތަކާއި، މުހިންމު ލިޔުންތައް މެއިލްކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: