އީމެއިލް ނުވަތަ އީ-ގަވަމަންޓްގެ ޒަރީޢާއިން ލިޔެކިޔުންތައް ހުށަހެޅޭނެ އިންތިޒާމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަމަޖައްސައިފިއެވެ.
އެެ މިނިސްޓްރީން ރޭ ނެރުނު (2020.04 .04) އިޢުލާނެއްގައި ބުނީ، އެޗްޕީއޭއިން އަންގަވާފައިވާ ސަލާމަތީ ފިޔަވަޅުތަކަށް ރިޢާޔަތްކޮށް ސަރުކާރު ހުޅުވެންދެން، ވަކި ގޮތަކަށް ހުށަހެޅުމަށް އެދި އިޢުލާންކުރެވިފައިވާ ތަކެތި ފިޔަވައި، އެ މިނިސްޓްރީއަށް ހުށަހަޅާ ސިޓީތަކާއި، ފޯމުތަކާއި، އިތުރު ހުށަހެޅުންތައް، އެ މިނިސްޓްރީގެ އީމެއިލް ނުވަތަ އީ-ގަވަރމަންޓްގެ ޒަރީޢާއިން ހުށަހެޅުމަށް އަންގާކަމަށެވެ.
މީގެ އިތުރުން، އެ މިނިސްޓްރީން ބުނީ، ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތަކާއި ހުށަހެޅުންތަކާއެކު ދެލިކޮޕީ ހުށަހަޅަންޖެހޭ ޙާލަތުގައި، ރައްކާތެރިކަމާއެކު އެ ތަކެތި ސިޓީ އުރައެއްގައި ބަންދުކޮށް، ޢިއުލާނާއެކު ( އިޢުލާނު ނަންބަރު: ( IUL 471-CDS6/471/2020/11 އެޓޭޗްކުރެވިފައިވާ ނަމޫނާ ސްލިޕް ސިޓީއުރާގައި ތަތްކޮށް، މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު އެ މިނިސްޓްރީގެ މައިދޮރު ކައިރީގައި ބަހައްޓަވާފައިވާ ”ޑޮރްޕް ބޮކްސް“ އަށް ލުމަށެވެ.
މިގޮތުން، ޑްރޮޕް ބޮކްސްއަށް އަޅާ ލިޔެކިޔުންތައް ބޮކްސްއަށްަ އެޅުމުގެކުރިން، އެ މިނިސްޓްރީގެ މެއިލްއަށް ފޮނުވުމަށް އެެ މނިސްޓްރީން އަންގާފައިވެއެވެ.
އެ މިނިސްޓްރީން ވަނީ، ޚިދުމަތްތައް ފޯރުކޮށްދޭ ވަގުތުތަކަށް ވެސް ބަދަލެއް ގެނެސްފައެވެ. މި ގޮތުން،
ޑްރޮޕް ބޮކްސްއަށް ތަކެތި ހުށަހެޅޭނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި، އަންގާރަ ދުވަހާއި، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އާ ދޭތެރޭގައިކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ، މި ވަގުތު ތަކުގައި ޑްރޮޕް ބޮކްސްއަށްލެވޭ ތަކެތި މެންދުރު 12:00 ގައި ނެގޭނެކަމަށާއި، އެހެންކަމުން، އެ ގަޑީގެ ފަހުން ޑްރޮޕް ބޮކްސްއަށް ތަކެތި ނުލެވޭނެކަމަށެވެ.
މީގެ އިތުރުން، ޑްރޮޕް ބޮކްސް މެދުވެރިކޮށް ތަކެތި ހުށަހަޅާ ނަމޫނާ ސްލިޕް، އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށާއި، ޑްރޮޕް ބޮކްސްއަށް ލެވޭ ލިޔެކިޔުންތައް ބަލައިގަތްކަމުގެ ސްލިޕް 5 ދުވަސްތެރޭގައި މެއިލް ކުރެވޭނެކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.

