ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް:އޭޖީ

ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރީއްޔާ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން  ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. 

ކައުންސިލް އިންތިހާބު ފަސްކުރުމަސް ފަހު މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންމުމަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަސް ހުށަހަޅާފައިވާތީ އެއީ މިހާރު ރާއްޖޭގައި އޮތް ހާލަތުގެ ސަބަބަުން ކުރެވިދާނެ ކަމެއްތޯ ވިދާޅުވެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ސުވާލު އުފައްދަވާފައި ވަނިކޮށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ  ކައުންސިލްތަކުގެ ޢުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި އެގޮތުން 3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިޞްލާހުކޮށްގެން ކަމަށް ބަންޑާރަނައިބް ވިދާޅުވިއެވެ. 

މީގެއިގުރުން  ރައީސުލްޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތެއް އިޢުލާނު ނުކުރައްވާ ކަމަށާއި އެހެން ކަމުން ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތް ކަމަސް ބަންޑާރަނައިބް ވިދާޅުވިއެވެ. 

ކައުންސިލް އިންތިހާބު ފަސްކުރުމަށާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެންްމުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަކީ މި މަހުގެ18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ފަްކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. 

ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ބިލްގައި ބުނެފައިވާ ގޮތުގައި އެ ބިލަކީ  މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 33 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާތީއާއި، އެގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރުނަނުދިނުމަށް އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް ހިމެނޭތީ، ދިވެހިރާއްޖޭގައި ބޭއްވުމަށް އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޢަހުލެއް ޤާއިމުކުރެވެންދެން ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެނޫންވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ޤާނޫނެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި  އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ފަސްކުރެވިގެންދާނެއެވެ. އަދި  ފަސްކުރެވޭ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަންވާނެ ކަމަށް ބިލްގައި ވަނީ ބުނެފައެވެ. 

ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ.

މީގެއިތުރުން ބިލްގައި ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު އާއި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު ގެ ދަށުން އިލްކެޝަންސް ކޮމިޝަނުން ކުރިއަށްގެންގޮސްފައިވާ އެންމެހައި އިޖުރާއަތުތައް އެއީ،  އިންތިޚާބުގެ ބޭނުމަށްޓަކައި ޞައްޙަ އިޖުރާއަތުތަކެއް ކަމުގައި ބެލޭނެއެވެ. އަދި އެއިން އެއްވެސް އިޖުރާއަތަކީ، އެ އިންތިޚާބު ފަސްކުރެވުމުގެ ސަބަބުން އަލުން ފުރިހަމަކުރަންޖެހޭނެ އިޖުރާއަތުތަކެއް ނޫން ކަމަށް ވެސް ބިކްގައި ވަނީ ބުނެފައެވެ. 

ބިލްގައި އިތުރަށް ބުނެފައިވާ ގޮތުގައި  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމުގައި 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން،  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު ގެ 13 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: