ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅުން ހަވާލުނުކުރެވި އޮތީ 1755 ގޯތީގެ ލިޔުން: ހައުސިން

ގުޅީފަޅުު. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 1755 ފަރާތަކަށް އެކި ސަބަބުތަކާހުރެ އަދި ލިޔުން ހަވާލުނުކުރެވި އޮތް ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 3548 ގޯތީގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ އާއި އެއްބަސްވުން ހަވާލުކުރެވިފައިވަނީ 3043 ގޯއްޗެއްގެއެވެ.

ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ލިޔުން ހަވާލުނުކުރެވި ހުރި ގޯތިތަކަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުތަކުގައި ހުރި ގޯތިތަކެވެ. މީގެ އިތުރުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް ބިންތަކުގެ ލިޔުންތައް ހަވާލުކުރުން ވަނީ މަޑުޖެހިފައެވެ.

ގޯތި ހަވާލުކުރިކަމުގެ ލިޔުންތައް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، މިހާރު ’ހިޔާވެހި ޕޯޓަލް‘ މެދުވެރިކޮށް އޮންލައިންކޮށް އެ ލިޔުންތައް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިއީ ގޯތި ލިބުނު ފަރާތްތަކަށް ލިޔުންތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ.

ގުޅީފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައި ހަމައެކަނި ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން، ފުރިހަމަ އަވަށަކަށް ބޭނުންވާނެ ހުރިހާ ހިދުމަތްތަކެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ހިދުމަތްތަކަށް ބިން ކަނޑައެޅުމުގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތަކަށް ވެސް ބޮޑެތި ސަރަހައްދުތަކެއް ވަނީ ހާއްސަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: