އެސްޓީއޯއިން އަލުތްވާއި ބިހާއި ފިޔާގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން މި ބާވަތްތައް ވިއްކަމުންދަނީ، އެހެން ތަންތަނުން ވިއްކާ އަގަށްވުރެ ހެޔޮއަގެއްގައެވެ. އެސްޓީއޯއިން ބުނީ މި ބާވަތްތައް ރީޓެއިލްކޮށް ލިބޭނެކަމަށައި ހޯލްސޭލްކޮށްވެސް ލިބޭނެކަމަށެވެ. މި ގޮތުން ފިޔާ ކިލޯއެއްގެ އަގު 15 ރުފިޔާއަށްހުރިއިރު، އަލުވި ކިލޯއެއް ވިއްކަނީ 12 ރުފިޔާއަށެވެ. މީގެ އިތުރުން، ބިހެއް ވިއްކަނީ 1.50 ރުފިޔާގެ ރޭޓުންނެވެ. ފިޔާ ބަސްތާއެއްގެ އަގު 325 ރުފިޔާއަށް ހުރިއިރު، އަލުވި ބަސްތާއެއްގެ އަގަކީ، 250 ރުފިޔާކަމަށާއި، ބިސްކޭހެއްގެ އަގަކީ، 290 ރުފިޔާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.
އެސްޓީއޯއިން ބުނީ، ރީޓެއިލްކޮށް މިތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް، އެސްޓީއޯގެ ސްޕަރމާރޓުން މި ތަކެތި ލިބޭނެ ކަމަށެވެ. އަދި ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ލިބެން ހުންނާނެކަމަށެވެ.
https://twitter.com/sto_supermart/status/1248125180905287680?s=20
އެސްޓީއޯއިން ބުނީ، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެ ކުންފުނީގެ ގުދަން ހުޅުވާފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން، މެންދުރުފަހު 15:15 އަށްކަމަށެވެ.
އެސްޓީއޯއިން ބުނީ، އަލުތްވާއި ފިޔާ ވިއްކާނީ ކޮންމެ މީހަކަށް ބަސްތާއެއްގެ މަގުންކަމަށާއި، ބިސް ވެސް ވިއްކާނީ ކޮންމެ މީހަކަށް ކޭހެއްގެ މަގުންކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި އެއްޗެހީގެ އަގު އުފުލި، އެއްޗެހި ލިބުން މިއަދު މިވަނީ ދަތިވެފައެވެ. އެހެންނަމަވެސް އެސްޓީއޯއިން އަންނަނީ ރައެްޔިތުންނަށް ހެޔޮއަގުގައި އެއްޗެހި ލިބޭނެ ގޮތްތައް ހަމަޖައްސައިދެމުންނެވެ.

