ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ މުނިސްޕަލް ހިދުމަތްތަކާއި ހަވާލުނުވާން ނޫޅެއް؛ އެކަމަކު އެ ފުރުސަތެއް ނުދޭ: އާޒިމް

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ މުނިސްޕަލް ހިދުމަތްތަކާއި ހަވާލުވާން އެކަމަށް އެދިވަޑައިގެންފައިވީ ނަމަވެސް ހިދުމަތްތައް ސަރުކާރުން ހަވާލުކުރުމަށް ދެކޮޅު ހަދަނީކަމަށް މާލޭ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އާޒިމް ވަނީ މާލޭގެ ހާލަތާއި ގުޅުވައި ވާހަކަފުޅު ދައްކަވާފައެވެ. ސަރުކާރުގެ ތެރެއިން ކަންކަން ކުރުމުގައި އެއްބާރުލުން ލިބެނީ ބައެއް މިނިސްޓަރުންގެ ފަރާތުންކަމަށްވާއިރު، އެއްވެސް އެއްބާރުލުމެއް ނުދޭ މިނިސްޓަރަކަށް އާޒިމް ފާހަގަކުރެއްވީ ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބް އެވެ. އެގޮތުން އުޅަނދުގެ މައްސަލައަށް ހައްލު ގެނައުމާއި ގުޅިގެން މަސައްކަތްތަކެއް ކުރެެއްވިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ވެހިކަލް ކެރީއިން ކެޕޭސިޓީއެއް ކަނޑައަޅައި އަމީންއާއި ހަވާޅު ކުރެއްވި ކަމަށެވެ.

އާޒިމް ވިދާޅުވީ ވެހިކަލްގެ ކެޕޭސިޓީއެއް ކަނޑައަޅާނަމަ، ޕަބްލިކް ޓްރާންސްޕޯޓުގެ ނިޒާމެއް ނުވަތަ ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދެވޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މިކަމަކީ ސަރުކާރުގެ އެކި ކުންފުނިތަކާއިއެކު ގުޅިގެން، ހާއްސަ ގޮތެއްގައި އެމްޓީސީސީފަދަ ކުންފުނިތަކާއިއެކު ބަދަލުތަކެއް ގެނެވި މަސައްކަތްތަކެއް ކުރެވޭނެ ދާއިރާއެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެކަމުގެ މަޝްވަރާ މިނިސްޓަރުންނާއިއެކު ފައްޓަވާފައިވަނިކޮށް، މާލޭ ސަރަހައްދަށް ގެނައީ ޓެކްސީތަކެއް ކަމަށާއި، މިއީ މާލޭގައި ވެހިކަލް އިތުރު ވާނެ ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންނަށް ފާސޭހަކޮށް ކަންކަން ކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ. އާޒިމް ވިދާޅުވީ ރަނގަޅޫ ސިޔާސަތެއް ނުގެނެސް ޕަބްލިކް ޓްރާންސްޕޯޓުގެ މައްސަލަ ހައްލުވެފައި އޮތް ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ. މި މައްސަލަގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ހުޅުމާލެއާއި މާލެއަކީ އެއްތަނެއް ކަމަށާއި، ހުޅުމާލެ ތަރައްގީކުރީ މާޅޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށެވެ.

”އެހެންވީމާ ހުޅުމާލޭގެ މުނިސްޕަލް ސާވިސް އަޅުގަނޑުމެންނާއި ހހަވާލުނުކޮށް ތިބެގެންނެއް މިކަން އަނެއްކާވެސް ހައްލުކުރަން އުނދަގޫ ވާނެ. އަޅުގަނޑު ހަވާލު ނުވާން އުޅޭނީއެއް ވެސް ނޫން. މީގެކުރިން އޮންނާނީ ޓްރާންސިޝަން ޕީރިއަޑުގައި އެމްއޯޔޫއެއްގައިވެސް ސޮއި ކޮށްފަ. އަޅުގަނޑުމެން ދެން އަޑު އަހަން ރައީސް އޮފީހަށް ފޮނުވާ ސިޓީ ރައީސް އާއި ހަމައަށް ނުދާކަމަށް. ރައީސްވެސް އެހެން ބުނެފަ އެބަހުރި. މިހާ ބޮޑު އޮޅުންބޮޅުން ގަނޑެއްގައި ހިނގާ ސަރުކާރެއް“

އާޒިމް ވިދާޅުވީ ހުޅުމާލެގެ ހިދުމަތްތަކާއި ހަވާލުވާން ތައްޔާރަށް ހުންނެވި އިރު، އެކަމުގެ ވާހަކަ ރައީސްއާއި މަޝްވަރާކޮށް ކުރެއްވި ކަމަށާއި އެއީ މުޅި ކައުންސިލަށް ރައީސް ބައްދަލުކުރެއްވި ދުވަހެއްގައި ކަމަށެވެ. ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުން ތިބެންޖެހޭނީ ކައުންސިލެއްގެ ދަށުން ކަމަށް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެއީ ގާނޫނުގައި އެކަން އޮންނަ ގޮތް ކަމަށާއި ބޭނުންވާ ގޮތަށް ހިދުމަތްތައްވެސް އެޗްޑީސީއަށް ނުދެވޭ ކަމަށެވެ.

މީގެއިތުރުން މޭޔަރ ވިދާޅުވީ ސޯޝަލް ހައުސިންގެ ކަންކަމަކީ ސިޓީ ކައުންސިލުން ބަލަންޖެހޭ ކަންކަން ކަމަށެވެ. ފަހިދިރިއުޅޫން ފުލެޓުތަކުގެ ފާރާތްތަކުންވެސް ރަޖިސްޓްރީވުމުގެ ކަންކަންވެސް ނުކުރެވެނީ މިނިސްޓަރ މުއްތަލިބް ކަންކަންކުރައްވާ ގޮތުން ކަމަށާއި، އެކަމުގައިވެސް ލިސްޓެއް އާއްމުކުރަން އެދިވަޑައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އެވަރުގެ ކަމެއްވެސް ނުކުރެވެނީ ވައްކަން ކުރަން ކަމަށާއި، 4000 ފުލެޓުގެ ލިސްޓެއް ހިއްސާނުކުރެވިގެން އުޅެނީ ވަކި ކޮންކަމަކާއި ތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: