ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި ބޭނުންތަކަށް އިތުރު ޖާގަ ދޫކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ނޯތު ހާބަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބޯޓުފަހަރަށް މުދާ ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ޖާގަ ދޫކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަޙްމަދު ޢައްޒާމް ޝަރީފް ވިދާޅުވީ، ވިޔަފާރި އުސޫލުން ޚިދުމަތް ދިނުމަށް މިހާރުވެސް ބައެއް ކުންފުނިތަކަށް ޖާގަ ދޫކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެސްޓީއޯ، އެމްޑަބްލިއުއެސްސީ އަދި މިފްކޯ ހިމެނޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން ދޯނިފަހަރަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބެމުންދާ ކަމަށެވެ.

އައްޒާމް އިތުރަށް ވިދާޅުވީ، ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭގެ ތިރީބައިވެސް މިހާރު ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ކަމަށާއި، އެތަނުން ދޫކުރާ ސްލޮޓްތައް މިހާރު އިޢުލާން ކުރަމުންދާ ކަމަށެވެ. ބޯޓުފަހަރަށް ބޭނުންވާ މުދާ ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޚިދުމަތް ދޭ ފަރާތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

”އިތުރު 6 ސްލޮޓް ދޫކުރުމަށް ވަނީ ނިންމާފައި. ބިޑް އުސޫލުން މި ތަންތަން ކާމިޔާބުކުރާ ފަރާތްތަކަށް، އެތަނުގައި މުދާ ގުދަންކޮށްގެން ނުވަތަ ވިޔަފާރި އުސޫލުން ބަހައްޓައިގެން ބޯޓުތަކަށް ޑެލިވަރީގެ ޚިދުމަތް ދެވޭނެ. މިއީ ބޯޓުފަހަރަށާއި ވިޔަފާރިވެރިންނަށްވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް. ދުރުގައި ހުންނަ ފިހާރަތަކަށް ދިޔުމުގެ ބަދަލުގައި ބަނދަރު ސަރަހައްދުން މުދާ ލިބުމަކީ ވަގުތާއި ޚަރަދު ސަލާމަތްވާނެ ކަމެއް،“ އައްޒާމް ވިދާޅުވިއެވެ.

އެމްޕީއެލުން ބުނި ގޮތުގައި، މި ސްލޮޓްތައް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހޯލްސޭލް ވިޔަފާރިކުރާ ފަރާތްތަކަށެވެ. މީގެ މައިގަނޑު މަގުސަދަކީ އޮޑިދޯނިފަހަރަށް ވީހާވެސް އަވަހަށް އަދި ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން މުދާ ފޯރުކޮށްދިން ނަމަވެސް، މި އާ ނިޒާމުގެ ސަބަބުން މުދާ ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: