ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސި (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މާލޭގައި ވައިރަލް ހުމާއި، ރޯގާ ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް މީގެ ކުރިން ވެސް ސަމާލު ނެރެފައި ވެއެވެ.

ރޯގާގައި ހޮޑުލުމާ އެކު ބޭރަށްހިންގާއިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ދަނީ ޑޮކްޓަރަށް ދައްކަމުންދާއިރު ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން ހުން އައިސް ގައިގާ ރަތްބިހި ނަގާނަމަ، ނުވަތަ ރޯގާގެ އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުމާއި މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމަށް އެދިފައިވެއެވެ. އަދި ބަލި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އެ ރޯގާގައި ހޮޑުލުމާ އެކު ބޭރަށްހިންގައެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ބަލި ޖެހިގެން ދަނީ ޑޮކްޓަރަށް ދައްކަމުންނެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވެ ތިބުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެސްވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދުވަސްވަރު މާލޭގައި ހިމަބިހި އަދި ފާނަބަދަންދުވެސްދަނީ ފެތުރެމުންނެވެ. އެޗްޕީއޭގެ  އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް 23 މީހަކަށް ހިމަބިހި ޖެހިފައިވެއެވެ. އަދި އޭގެ ކުރީ ހަފުތާގައި 55 މީހަކަށް ބަލި ޖެހިފައިވާކަން ފާހަގަކުރެވިފައިވެއެވެ. މިއާއެކު މި ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: