ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހީތެރިކަން ނުލިބޭ ކަމަށް ބުނާއިރު، ހިރިމަރަދޫ ހިންގާނެ ގޮތުގެ އުސޫލެއްވެސް ސަރުކާރުން ހިއްސާ ނުކުރޭ: ހަނިމާދޫ ކައުންސިލް ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގައި ކައުންސިލްގެ އެހީތެރިކަން ނުލިބޭ ކަމަށް ހައުންސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވާއިރު ހިރިމަރަދޫ ހިންގާނެ ގޮތުގެ އުސޫލެއްވެސް ސަރުކާރުން ހަނިމާދޫ ކައުންސިލާއިއެކު ހަދާފައި ނުވާކަމަށް އެރަށުގެ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާ މައްސަލައިގައި ހަނިމާދޫ ކައުންސިލް ރައީސް އަލީ އިބްރާހިމް ”ސަންގަށް“ ވިދާޅުވީ އެންމެ ފުރަތަމަވެސް އެ މަސައްކަތް ކުރީ ކައުންސިލުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. ކައުންސިލަށްވެސް އެކަން އެނގުނީ އޭރު ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި، ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދު އެކަން ޓުވީޓު ކުރެއްވުމުންކަމަށް އަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށުގެ ބިން އެކަމަކަށް ހާއްސަކުރިކަންވެސް އެނގިވަޑައިގަތީ ރައީސްގެ ގަރާރު ފޮނުއްވުމުން ކަމަށެވެ.

ހަނިމާދޫ ރައްޔިތުންނަށް ހާއްސަކުރެއްވުނު ބިމުގައި މިންޖެހުމާއި ކަންކަން ހައުސިން  މިނިސްޓްރީ އަދި އެޗްޑީސީންކޮށްފައިވަނީ ކައުންސިލްގައި އޭރު ތިއްބެވި ޕީއެންސީގެ މެމްބަރުންނާއި ސްޓެއިރިންގ ކޮމިޓީގެ މެމްބަރުންނާއިއެކުު ކަމަށް އަލީ ވިދާޅުވިއެވެ. މި މަސައްކަތުގައި ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ނުވަތަ އެހީތެރިކަމެއް ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހުރިހާ ކަމެއް އެހެންކުރީމަ އަޅުގަނޑުމެން އެތާހުރި ރުއްގަސް ވަކިކޮށްފައި، ރުއްގަހުގެ އަދަދަކީ މިއީއޭ ކިޔާފަ އެންގިން ރައްޔިތުންނަށް ބަދަލު ނުލިބިދާނެތީ. ދެން އޭގެ ފަހުން އަޅުގަނޑުމެން ހަމަ މިތާ ތިއްބާ އެބޭފުޅުން ބޮޑު ފެންސެއް ޖަހާ ދެހާސް ތިންހާސް ރުއް ވައްޓާލާފައި ރައްޔިތުންނަށް ބަދަލުނުދީ، އެ ފެންސުޖެހި ބޭފުޅުންނަށް އެ ބަދަލުވެސް ދީފި. އެހުރިހާކަމެއްވެސް ކުރެވޭ، ފެންސުޖެހޭ، އިންޖެހޭ، ފެންސު ޖެހި ލާރި ސަރުކާރަށް އެމީހުންނަށް ދެވޭ“

އެރަށުގެ ރައީސް ވިދާޅުވީ ސަރުކާރަށް ހުރިހާ ކަމެއްވެސް ކުރެވޭ ކަމަށާއި އެހެންނަމަވެސް ހިރިމަރަދޫގެ ރައްޔިތުންނަސް ގެދޮރުއަޅަން ޖެހޭ ހިސާބުން، އެކަން ކުރަންވީމާ ހަނިމާދޫ ރައްޔިތުންނާއި ކައުންސިލްގެ ސަބަބުން އެކަން ނުވާކަމަށް ހައުސިން މިނިސްތަރު މިހާރު ވިދާޅުވާ ކަމަށެވެ. ހަނިމާދޫ ރައްޔިތުންނާއި ކައުންސިލް މިކަމުގައި ގޯސްކަމަށް މިނިސްޓަރ މުއްތަލިބް ކަނޑައަޅާފައިވާކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވިއެވެ.

”އެހެންވީމާ ހިރިމަރަދޫގެ ރައްޔިތުންގެ ހުރިހާ ހައްގުތަކެއް ނިގުޅައިގަނެގެން ތިބީ މިހާރު ހަނިމާދު ރައްޔިތުންނެއް ނޫންތޯ. އެގޮތަށް އަޅުގަނޑުމެންނަށް ސިފަވަނީ“

ހިރިމަރަދޫގެ ގްރާންޓުތަކާއި އެފަދަ އެއްޗެއްހި ލިބޭނެ ކަމަށް ބުނިނަމަވެސް ކުރިން ނުލިބޭ ކަމަށާއި ނޫސްތަކުގެ ސުރުހީތަކަށް އެވާހަކަ އެރުމުން 5 ލައްކަ ރުފިޔާ ދިން ކަމަށް އެކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިހާރު އެ ފައިސާވެސް ހުސްވެފައިވާ ކަމަށާއި އެހެންނަމަވެސް އެވާހަކަވެސް ބުނަން ބޭނުންނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މިފަދަ ކަމެއް ހިނގާފައިމިވަނީ ފަހުގެ ތާރީހެއްގައި މުޅިން އަލަށް ކަމަށް ފާހަގަކުރައްވާ އެރަށުގެ ކައުންސިލުން ވިދާޅުވީ ހިރިމަރަދޫ ހިންގާނެ ގޮތުގެ އުސޫލެއްވެސް ސަރުކާރުން ހަނިމާދޫ ކައުންސިލާއިއެކު ހަދާފައި ނުވާ ކަމަށެވެ.

ދާދި ފަހުން މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން ޔުނިޓުތައް އިމާރާތްކުރަން ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް އެ ރަށުގެ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހެވެ.

އެއަށްފަހު އެ ރަށުން ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވިއެވެ. އަދި އެރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ސަރުކާރުން ދޭންޖެހޭ އަސާސީ ޚިދުމަތްތައް ގާއިމުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއަށްފަހު މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު ރައީސް ވަނީ އެ ރަށު މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ޤަރާރު ނެރުއްވާފައެވެ. އޭގެ ފަހުން ހަނިމާދޫ ކައުންސިލުން ޖޫން 25ގައި ނެރުނު އިއުލާނެއްގައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް އެ ދައުވަތު ދިން ކަމަށެވެ.

އެހެންކަމުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭ ނަންނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: