ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވް ކޭސްތަކެއް ނުފެނި ދުވަސްތަކެއް ދިޔަނަމަވެސް ރާއްޖޭގައި ކޮވިޑް ނެތް ކަމަށް ބެލުމަކީ ގޯހެއް: މިނިސްޓަރ އަމީން

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެިއން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޕޮޒިޓިވް ކޭސްތަކެއް ރާއްޖެއިން ނުފެނި ދުވަސްތަކެއް ފާއިތުވެގެން ދިޔަނަމަވެސް ރާއްޖޭގައި ކޮރޯނާ ވައިރަސް ނެތްކަން ގާބޫލު ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކާއި ކޮންމެ ދުވަހަކު ހަދަމުންދާ ދިރާސާތަކަށް ބަލާއިރު ދިވެހި މުޖުތަމައުގެ ތެރޭގައި ކޮރޯނާ ވައިރަސް ނެތްކަން ސާބިތު ކުރެވެން ނެތް ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި ކޮރޯނާ ވައިރަސް ނެތްކަން ނުވަތަ ދިވެހި މުޖުތަމައު ތެރޭގައި ކޮރޯނާ ވައިރަސް ނެތް ކަމަށް މިވަގުތު ގަބޫލު ކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކާއި ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތަކެއް އަދި އަޅަން ޖެހޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ފަތުރުވެރިން އައުން މަޑުޖައްސާލައި މިހާތަނަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާކަން މިނިސްޓަރ އަމީން ފާހަގަ ކުރެއްވިއެވެ. 

މިނިސްޓަރ ވިދާޅުވީ މިހާރު ދުނިޔޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގޮތަށް ބަލާއިރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ވައިރަސް ފެނުން މަޑިޖެހި ނުވަތަ ވައިރަސް ނުފެނި ގިނަ ދުވަސްތަކެއްވުމަސް ފަހު ކުއްލި ގޮތަކަށް ވައިރަހުގެ ގިނަ ކޭސްތަކެއް ފެނިފައި އެބަހުރި ކަމަށާއި އެފަދަ ގޮތެއް ރާއްޖެއއސް ވެސް ކުރިމަތިވުމަކީ ދުރގައިވާ ކަމެއް ނޫން ކަމަށް މިނިސްތަރ ވިދާޅުވިއެވެ. 

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އޮފީސްތަކާއި ސްކޫލް ކޮލެޖް ޔުނިވާސިޓީތައް ބަންދުކޮށް އަދި ހޮޓާ ކެފޭ ރެސްޓޯރެންޓްތައް ވެސް ބަންދުކޮށްފައި ވަނީ ކޮރޯނާ ވައިރަހުގެ ނުރައްކާ އަދި ވެސް ރާއްޖެއަށް އޮތުމުން މީޙުން އެއްވެ އުޅުމުގެ ފުރުސަތު ނުދިނުމަށް ކަމަށާއި އެހެން ކަމުން އެއްވެސް ރައްޔިތަކު ރާއްޖޭގައި ކޮރޯނާ ވައިރަސް ނެތްކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި އަދި ވީހާވެސް ގިނައިން ގޭގައި މަޑުކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: