ގިނަ ޢަދަދެއްގެ ބަނގުރާފުޅިތަކެއް ނައްތާލާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިވާ 493 މައްސަލައަކާ ގުޅުންހުރި ބަނގުރާފުޅިތަކެއް ނައްތާލާފައިވާ ކަމަށެވެ.
މީގެ އިތުރު ތަފްސީލު ދެމުން ޕޮލިސް ސަރވިސްއިން ބުނީ، އޭޕްރީލް 9 ވަނަ ދުވަހުގައި ނައްތާލާފައިވަނީ، 769 ބަނގުރާފުޅިއާއި، 694 ބަނގުރާ ދަޅުކަމަށެވެ.
https://twitter.com/PoliceMv/status/1248596180587540484?s=20

