ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލާމް ބުނުމުގެ އުސޫލާއި ޚިލާފަށް މެޖިސްޓްރޭޓަކު ސަލާމް ބުނާތީ ނަސޭހަތްދީފި

ޖޭއެސްސީގެ ބައްދަލުވުމެއްގެތެރެއިން. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލާމް ބުނުމުގެ އުސޫލާއި ޚިލާފަށް މެޖިސްޓްރޭޓަކު ސަލާމް ބުނާތީ ޖުޑީޝަލް ސާރވިސް ކޮމިޝަނުން ( ޖޭއެސްސީ ) އިން އޭނާއަށް ނަސޭހަތްދިނުމަށް ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ސަލާމްބުނުމުގެ އުސޫލާއި ޚިލާފަށް ބ. ދަރަވަންދޫ މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަޙްމަދު ލަޠީފު ކޯޓަށް ސަލާމް ބުނާތީ، އޭނާއަށް ނަސޭހަތްދިނުމަށް ނިންމާފައިވާކަމަށެވެ.

ޖޭއެސްސީން އިތުރަށް ބުނީ، ސަލާމްބުނުމުގެ އުސޫލާއި ޚިލާފަށް މެޖިސްޓްރޭޓު އަޙްމަދު ލަޠީފު ސަލާމް ބުނާކަން ހުށަހެޅުނު ޝަކުވާ ބެލި ބެލުމުން، ކަމާގުޅޭ ޤާނޫނުތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް އޭނާ ސަލާމް ބުނެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން މިހާރު، މެޖިސްޓްރޭޓު އަޙްމަދު ލަޠީފަށް ނަސޭހަތްދިނުމާއެކު، ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރައްވަން އޭނާއަށް އެންގުމަށް ޖޭއެސްސީގެ މެންބަރުންވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: