ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނެތި ރާއްޖެއަށް ބޭސް އެތެރެކުރާ ނަމަ ބޮޑު ޖުރިމަނާއަކާއެކު ލައިސަންސް ހިފަހައްޓަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުއްދަ ނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ 100،000 ރުފިޔާއާ ހަމައަށް ޖުރިމަނާކޮށް އެ ބޭހެއް އެތެރެކުރި ބައެއްގެ ލައިސަންސް ހިފަހައްޓާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން ގެޒެޓުގައި ޝާއިއުކޮށްފައިވާ ގަވައިދުގައި ވަނީ އެމްއެފްޑީއޭގެ ގަވައިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއާއި 100،000 އާއި ދެމެދުގެ އަދަކަށް ޖުރިމަނާ ކުރާނެ ކަމަށެވެ. އަދި ލައިސަންސް ނުވަތަ އެފަރާތެއްގެ ހުއްދަ 14 ދުވަހަށް ހިފަހައްޓާނެއެވެ.

މިއާއެކު ބޭހެއް ރަޖިސްޓްރީ ކުރުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ އެ ކުންފުންޏެއް ބްލެކްލިސްޓް ކުރުމުގެ ބާރު ވެސް ވަނީ އެ އޮތޯރިޓީއަށް ދީފައެވެ. އެމްއެފްޑީއޭއިން ކުންފުންޏެއް ބްލެކްލިސްޓްކޮށްފި ނަމަ އެ ކުންފުންޏަކުން ހިދުމަތް ފެށުމަށް ރަޖިސްޓްރޭޝަނަށް ހުށައެޅޭނީ 6 މަސް ދުވަސް ފަހުންނެވެ.

ޑޮކްޓަރީ ބޭހާއި ދިވެހިބޭހާއި ބޭހުގެ ގޮތުގައި ބަލައިގަންނަ ބާވަތްތަކާއި ދަރަޖަތައް ބަޔާންކޮށް އެމްއެފްޑީއޭއިން އާންމުކުރި ގަވައިދުގައިވާ ގޮތުން މި ގަވައިދަށް އަމަލުކުރަން ފެށުމަށް ފަހު ނޮވެންބަރު މަހުގެ 22 ވަނަ ދުވަހުގެ ކުރިން ބޭސްތަކުގެ ރަޖިސްޓްރީއެއް އެކުލަވައިލާން ޖެހޭނެއެވެ. އަދި އަހަރަކު އެއް ފަހަރު މަދުވެގެން އެ ރަޖިސްޓްރީ މުރާޖައާކޮށް، ރަޖިސްޓްރީއަށް ބަދަލެއް އައިސްފިނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭ ގޮތަށް ރަޖިސްޓްރީ އަދާހަމަކުރަން ޖެހޭނެ ކަމަށް ވެސް ވެއެވެ.

މީގެ އިތުރުން، އެމްއެފްޑީއޭގެ ބޭހެއްގެ ގޮތުގައި ގިންތިކޮށް ރެގިއުލޭޓުކުރާ ބޭހުގެ ބާވަތްތައް އާންމު ފިހާރަތަކުގައި ވިއްކުން މި ގަވައިދުން މަނާކުރެއެވެ.

މި ގަވައިދުގެ ދަށުން، އިންސާނުން ބޭނުންކުރަން ކަމުނުދާ ބޭހާއި ގަޑުބަޑުކޮށްފައި ނުވަތަ ގަޑުބަޑުވެފައި ހުންނަ ބޭހާއި ތަޣައްޔަރުވެފައިވާ ތަންތަނުގައި ތައްޔާރުކުރާ ބޭހާއި ކައުންޓަފީޓް ބޭހާއި ޑަބްލިއުއެޗްއޯއާއި އެހެން ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން ވެސް މަނާކޮށްފައިވާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި ރާއްޖޭގައި އިޝްތިހާރުކޮށް ވިއްކައި ހެދުން މަނާވާނެއެވެ.

ރަޖިސްޓްރީކުރުމަކާ ނުލައި ފާމަސީތައް ހިންގައި އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް ގުދަންކޮށް ވިއްކުން ވެސް ގަވައިދުގެ ދަށުން މަނާވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: