ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުގެ ދަތިކަން ކުރިމަތިވީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ކުރި ކަންތައްތަކުން: ރައީސް

ބޭސް ފިހާރަތަކެއް: .-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަކީ ބައެއް ފަރާތްތަކުން ގަސްތުގައި އުފައްދައިގެން އުޅޭ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މި މައްސަލައަކީ ރައްޔިތުން ހާލުގައި ޖެއްސުމަށްޓަކައި ބަޔަކު ރާވައިގެން ކުރަމުންދާ ކަމެކެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރާ ބައެއް އަމިއްލަ ފަރާތްތަކުން 2000 އިންސައްތައާ ގާތްކުރާ މިންވަރަށް ފައިދާ ނަގަމުންދިޔަ ކަމަށެވެ. މިއީ ބޭހުގެ ދާއިރާގައި އޮތް ”މާފިއާއެއް“ ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ބައެއް ފަރާތްތަކުން ގަސްތުގައި ބޭހުގެ ދަތިކަން ކުރިމަތިކުރުވާފައިވާ ކަމަށެވެ.

އާސަންދައިގެ ނިޒާމުގެ ތެރެއިން ބޭސް ގަނެވޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރު.ޕީ) ކަނޑައެޅުމަކީ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 500 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ދަނީ ”ސްޓޭޓް ފާމާ“ ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައި، ބޭސް ލިބުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި އާ ނިޒާމުގެ ސަބަބުން ބޭސް އެތެރެކުރުމުގައި ހުރި ހުރަސްތައް ނެތިގޮސް، ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ބޭސް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ބޭހުގެ ދަތިކަމަށް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: