ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގެ ޖަލްސާއެއް މާދަމާ!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ދުވަސްތަކަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތަވާލުކޮށްފި އެވެ.

މި މަހުގެ 15 ގައި ޖަލްސާއެއް ބޭއްވުމަށް ފަހު، އިތުރު ޖަލްސާއެއް ތަވާލުކޮށްފައި ނުވާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައި ނުވެ އެވެ. އަދި މި ހިނގާ ޖުލައި މަހު ބާއްވާފައި ވަނީ މަޖިލީހުގެ އެންމެ 4 ޖަލްސާ އެވެ. އަދި މޭއި މަހު ބޭއްވީ 05 ޖަލްސާ އެވެ.

މަޖިލީހުގެ ޖަލްސާއެއް ތަވާލު ނުކުރާތީ، އެކަމަށް އެމްޑީޕީގެ މެމްބަރުން ފާޑުކިއުން އަމާޒު ކުރެ އެވެ. އެގޮތުން މަޖިލީހުގެ މަސައްކަތެއް ނެތްކަމަށް ބުނެ ޖަލްސާތައް ނިންމާލަނީ، ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލިސް ހިންގުމަށްކަމަށް ވަނީ ބުނެފަ އެވެ. އަދި މަޖިލީހަށް މުހިންމު ބިލުތަކާއި، ގަރާރުތައް ހުށަހެޅިފައި ވަނިކޮށް އެ މަސައްކަތް ތާވަލު ނުކޮށް ޕާކުކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ އެޖެންޑާގައި ވެސް މާބޮޑު މަސައްކަތެއް ތާވަލުކޮށްފައި ނެތެވެ. އެގޮތުން މާދަމާގެ އެޖެންޑާގައި ހިމަނާފައި ވަނީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށަހަޅުއްވާފައިވާ ގަރާރުގެ ނުހިނިމި ހުރި މަސައްކަތެވެ.

އެއަށް ފަހު ދެން ތާވަލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުން އައްޑޫގައި ހިންގާ ބްރާންޗުތަކާއި، އޮޑިޓު ދިރާސާކޮށް މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމެވެ.

އެހެންކަމުން އިތުރު މަސައްކަތެއް ނެތުމުން މާދަމާގެ ޖަލްސާގެ 11:00 ގައި ނިންމާލާނެކަމަށް ބެލެވެ އެވެ.

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވައި، ދައުލަތުން ގެއްލިފައިވާ ފައިސާ އާއި މުދާ އަނބުރާ ހޯދުމަށްޓަކައި ހާއްސަ ބިލުތަކެއް ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ނިންމާފައިވަނީ ”އެސެޓް ރިކަވަރީ ބިލު“ ގެ ނަމުގައި ބިލަކާއި، އެ ބިލު ތަންފީޒުކުރުމަށް މަގުފަހިކުރުމަށްޓަކައި ”ޖިނާއީ އިޖުރާތުގެ ގާނޫނު“ އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. މި ބިލުތަކުގެ މައިގަނޑު މަގްސަދަކީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅުމެވެ.

މީގެ އިތުރުން، މިފަދަ ގާނޫނުތައް ގެނެސް ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވެފައިވާ ފަރާތްތަކަށް ދޭންޖެހޭ ހައްގު އަދަބު ދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: