ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ވެމްކޯއަށް!

މާލޭ ސިޓީ ކައުންސިލުން ވެމްކޯއަށް ބައްދަލުކުރުން --- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ކުނި ގިނަވަމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޓަކައި މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޒިޔާރަތްކޮށްފިއެވެ.

ކައުންސިލަރުން ވެމްކޯއަށް ޒިޔާރަތްކޮށްފައި މިވަނީ މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.

މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ކައުންސިލުން މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއެވެ.

މި ކަމާ ގުޅިގެން ކައުންސިލަރުންނާ ބައްދަލުކުރައްވައި ވެމްކޯގެ އެޗް.އާރު ޖެނެރަލް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ، ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚަދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކައުންސިލަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން ޝާން ވިދާޅުވީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ މަޝްވަރާކޮށްގެން މި ކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި މި ހަފްތާ ނިމުމުގެ ކުރިން ތިލަފުށީގެ ކުނި އަޅާ ސައިޓް އަލުން އޮޕަރޭޝަނަށް ގެނެސް، ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާކަމުގެ ޔަގީންކަން ޝާން ދެއްވި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ މާލެ ތެރޭގައި ކުނި ގިނަވެ، އާންމު ޞިއްޙީ ބޮޑު މައްސަލައަކަށް މި ކަން ބަދަލުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން، ވެމްކޯއިން ކަނޑައަޅައިފައިވާ މުއްދަތުގެތެރޭގައި މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ވެމްކޯއަށް ދާން ކައުންސިލަރުން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: