ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނި އުކޭނެ ދެވަނަ ގޮތެއް ރޭވިފައި އޮންނަން ޖެހޭނެ: މޭޔަރ ޢާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލެ ސިޓީގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވެ، ސާފުތާހިރުކަން ގެއްލުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރި ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެތީ އެ ކަމުގެ ކަންބޮޑުވުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ފާޅުކުރައްވައިފިއެވެ.

މޭޔަރ މި ކަމަށް ކަންބޮޑުވުން ފާޅުކުރެއްވީ، މާލެ ސިޓީގެ ކުނި މެނޭޖުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ވެމްކޯގެ ޚިދުމަތްތަކަށް ބުރޫއެރުމާ ގުޅިގެން އެ މަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކުނި އުކުން ފަދަ، ޢާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ހައްސާސް ކަންކަމުގައި، ދިމާވެދާނެ ހާދިސާއަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮންނަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ދަނޑިވަޅުތަކުގައި ޢަމަލުކުރާނެ ”ދެވަނަ ގޮތެއް ރޭވިފައި އޮންނަން ޖެހޭނެ“ ކަމަށް ދެކިލައްވާ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ކުނި އުކުމުގެ ނިޒާމަށް މައްސަލަތަކެއް ކުރިމަތިވީ، މި ހިނގާ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ކުނި އުކުމުގެ ޚިދުމަތަށް ބުރޫއަރައި، މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ގިނަވަމުންދާތީ ރައްޔިތުންގެ ޝަކުވާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު ވަނީ 28 ޖުލައި 2026 ވީ އަންގާރަ ދުވަހު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ޒިޔާރަތްކޮށް، ކަންކަން ހަމައަކަށް އެޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: