ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމްއަށް ރާއްޖޭން ކަނޑައަޅާ ހާއްސަ ސަފީރުގެ މަގާމަށް، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ސަފީރުކަމަށް ދިޔާނާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ ކުރީކޮޅު އެވެ. ރައީސްގެ އެ ހުށަހެޅުއްވުމާ ގުޅިގެން، މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ސަފީރުކަމަށް ދިޔާނާއަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ދިޔާނާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވިއިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ މަރުހަލާތަކުގެ ތެރެއިން، ދިޔާނާ ވަނީ މިދިޔަ އޭޕްރީލް މަހު އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: