ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް

އެމްޓީޑީސީގެގެ މެނޭޖިން ޑިރެކްޓަރަކަށް ހާރިސް މުހައްމަދު އައްޔަނު ކުރުން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ހާރިސް މުހައްމަދު އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ބުނެފައި ވަނީ، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަނުކުރަން ނިންމައި އެކަން އޭނާއަށް އަންގާފައިވާ ކަމަށެވެ.

ހާރިސް މި މަގާމަށް އައްޔަނުކުރައްވާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ފުރަތަމަ އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް، މިދިޔަ ހަފުތާގެ ތެރޭގައި މަގާމުން ވަކިކުރުމުންނެވެ.

އެމްޓީޑީސީގެ އާ އެމްޑީ ހާރިސް މުހައްމަދަކީ ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރު އަދި މާކެޓިންގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެމްޑީކަމާއި، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ.

ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް އިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ.

އެމްޓީޑީސީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ނަފާ އާންމު ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި އުފައްދާފައިވާ، ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: