ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެމްއެލް ކުރިމަތީގައި ހެދި ޕާކިން ޒޯނުގައި ސިޓީ ކައުންސިލުން ޕާކިންގ ބިލްޑިންގއެއް އަޅަން ނިންމައިފި

އަލަށް ތރައްގީ ކުރި ޕާކިންގ ބިލްޑިންގް --- ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. ކައުންސިލްގެ އިއްތިފާގުން މި މައްސަލަ މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ.

މި އިމާރާތުގެ ޕްލޭންގައިވާ ގޮތުން، އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ ފެރީ ޓާމިނަލަކަށެވެ. ޓާމިނަލްގެ ގްރައުންޑް ފްލޯގައި އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށާއި މާލެއިން ފުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި، ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލުމަށް ހާއްސަ ކުޑަ ކޮޓަރިއެއްވެސް މި ފަންގިފިލާގައި ގާއިމުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސައިކަލް ޕާކު ކުރުމަށެވެ. މިއީ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމެއް ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހުންނާނެ ކަމަށާއި، އެތަނަށް އަރާ ފޭބުމަށް ލިފްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް ޕްލޭންގައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހިއްޔާ ވިދާޅުވީ، އެކަމުގެ ސަބަބުން ލޯންޗުތަކުގައި މާލެ ދަތުރުކުރާ އަތޮޅުތެރޭގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ގެނެސްދެވޭނެ ކަމަށާއި ޓެކްސީއެއް ލިބެންދެން ތުއްތު ދަރިފުޅު އުރާލައިގެން ގަދަ އަވީގައި މައިން ތިބެންޖެހޭ ތިބުމަށް ނިމުމެއް އަންނާނެ ކަމަށެވެ. އަދި މި އިމާރާތުގައި ހިމެނޭ ފިހާރަ އާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގުފަހިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތަކުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ޒަމާނީ އިމާރާތެއްގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ. މިއީ މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޒަމާނީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކައުންސިލުން ސިފަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: