ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ގެއަކާއި އައްޑޫސިޓީ ހިތަދޫ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ކޭސް ފެނުމާއި ގުޅިގެން އެ މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން މާލެިޓީއިން ގެއަކާއި އަދި އައްޑީސތީ ހިތަދޫ ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށް ހެލެތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. 

އެޗްޕީއޭއިން ކުރި ޓުވިޓެއްގައި ބުނެފައި ވަނީ  މިއަދު މާލޭސިޓީއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އަދި ނޫމަސްވާދީ، ސ. ހިތަދޫ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ. 

އައްޑޫ ސިޓީއާއި މެލޭގެ ގެއެއްގެ ފަންގިފިލާއެއް މޮނިޓަރިންގެ ހާލަތަށް ގެބެސްފައިވާއިރު ކޮވިޑް-19 އަށް މިއަދު މާލެ އިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި 54 މީހަކު ވެސް ވަނީ އައިސޮލޭޓްކޮށްފައެވެ. 

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވި މިއަދު ޕޮޒިޓިވްވި މީހާއާ ސީދާ ދިމާވި މާލޭގެ ހަތަރު ގެއެއްގެ 54 މީހުން މިހާތަނަށް ދެނެގަނެވިފައިވާ ކަމަށާއި އަދި ބަލި މީހާ ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންވެސް ދެނެގަންނަމުންދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އިތުރު ބަޔަކުވެސް އައިސޮލޭޓްކުރަން ޖެހިދާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކުގައިވެސް ޕޮޒިޓިވްވި މީހާއާ ގުޅުންހުރި ބައެއް މީހުން ތިބިކަން ދެނެގަނެވިފައިވާ ކަމަށާއި އެގޮތުން އަތޮޅުތެރެއިން ހަތަރު މީހަކު މިހާރު އައިސޮލޭޓް ކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މާލެއިން ޕޮޒިޓިވްވި މީހާއަށް އެބަލި ޖެހުނީ ކިހިނެއްކަން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން ޖުމްލަ 21 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މީގެތެރެއިން 16 މީހަކު މިހާރު ވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެ އިން ފުރިފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: