ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރުގައި ވަކިގޮތަކަށް މަޖިލީހުގައި ވޯޓު ދޭން ގުޅައި، މަޖުބޫރުކޮށްފައި ނުވޭ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް އޮތް ނަމަވެސް އެއްވެސް ބިލަކަށް ވަކި ގޮތަކަށް ވޯޓު ދޭން ގުޅައި މެމްބަރުންނަށް މަޖުބޫރުކޮށްފައި ނުވާކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އިރުޝާދުގެ މަތިން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކޮށް ނިންމުމަށް ސާކިއުލާއެއް ނެރެފައެވެ. މި މައްސަލައާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ، މިއީ ރާއްޖޭގެ ރަށްރަށުގެ އިޖުތިމާއީ ފޭރާމަށް ލިބޭނެ ބޮޑު ހީނަރުކަމެއް ކަމަށެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރުން ކުންފުނިތަކަށް ހައްދެއް ނެތި މުވައްޒަފުން އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމުގެ ސިޔާސީ ބޭނުމުގައި ކަމަށެވެ.

އޭރު ޕީއެންސީ ސަރުކާރުން ވަޒީފާގެ ޔަގީންކަން ދީ، އާއިލާ ކައިރިއަށް ރަށަށް ދެވޭނެ ކަމުގެ އުންމީދު ދިނީ މަޖިލިސް ގޮނޑިތައް ކާމިޔާބުކުރަން. މިއަދު އެ ބޭނުން ފުދުމުން، އެ ރައްޔިތުން ބިކަކޮށްލަނީ

ނާޒިލް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުމުގެ ނިޔަތުގައެވެ. ނާޒިލް ވިދާޅުވީ މިއީ ޕީއެންސީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އޮޅުވާލައިގެން ހިންގި ހަޑި އަމަލެއް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން 10،000 އާއި 15،000 އާ ދެމެދުގެ އާއިލާއަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ނާޒިލް ފާހަގަކުރެއްވި އެވެ. ނާޒިލް ވިދާޅުވީ، ކުރިން އެހެން ވަޒީފާތަކުގައި ތިބި މީހުންނަށް ރަށުން ވަޒީފާ ދޭނެކަމަށް ބުނެ ގެންގޮސް، ދެ އަހަރާއި ބައިވީތަނާ ވަޒީފާއިން ވަކިކުރުމުން އެ މީހުން ދެން ދާނެ ތަނެއް ނެތް ކަމަށެވެ.

ނާޒިލް ވިދާޅުވީ، ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކުގެ ސަބަބުން އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޓޫރިޒަމް ދާއިރާގައި އާ ވަޒީފާތަކެއް ނެތްއިރު، މަސްވެރިކަން ވެސް އޮތީ އިންތިހާއަށް ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުން ވަކިކުރުމަކީ ރަށްރަށުގެ އިގްތިސާދަށް ލިބޭނެ ވަރަށް ބޮޑު ހީނަރުކަމެއްކަމަށް ނާޒިލް ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ޕީއެންސީގެ މެންބަރުންނަށް ޖެހިފައިވަނީ ރައީސް އޮފީހުން އަންގާ ގޮތަކަށް ވޯޓު ދޭން ކަމަށެވެ. ނިމިދިޔަ 19 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރުގައި ރައީސް އޮފީހުން ވަކި ގޮތަކަށް ވޯޓު ދިނުމަށް އަންގައި އޭނާއަށް ދުވަހަކުވެސް ގުޅާފައި ނުވާކަމަށް ނާޒިލް ވިދާޅުވި އެވެ. ނަމަވެސް މިހާރުގެ ހާލަތު މިއާ މުޅިން ތަފާތުކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މިއަދު ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ޖެހިފައިވަނީ ދާއިރާގެ ރައްޔިތުން އެދޭ ގޮތަށްވުރެ ބޮޑަށް ސަރުކާރުން ބޭނުންވާ ގޮތަށް އިސްކަންދީ، އެ އަންގާ ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: