ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެފޭތަކާއި ޓޭކްއަވޭ ތަންތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އަތުލައިގަނެފި

ފޮޓޮ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ހިންގާ ކެފޭތަކާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ”ޓާސްކް ފޯސް“ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ރެއިޑް އޮޕަރޭޝަން އަމާޒުކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ ތިބެ ހިންގާ އަދި މަސައްކަތްކުރާ ކާބޯތަކެތި ވިއްކާ ތަންތަނަށް އަމާޒުކޮށެވެ.

ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާލޭގެ ޖުމްލަ 6 ސަރަހައްދެއް އިމިގްރޭޝަނުން ބަލައި ފާސްކޮށްފައިވެއެވެ. މި ސަރަހައްދުތަކުގައި ހުރި ކެފޭތަކާއި ސައި ހޮޓާތަކުގެ އިތުރުން، އާންމުކޮށް ގިނަ އަދަދަކަށް ބިދޭސީން މަސައްކަތްކުރާ ޓޭކްއަވޭ ޕޮއިންޓްތައް ބަލައި، އެ ތަންތަނުގައި ތިބި 28 ބިދޭސީއެއްގެ ލިޔެކިޔުންތައް އިމިގްރޭޝަންގެ އޮފިސަރުން ވަނީ ޗެކްކޮށްފައެވެ.

މިގޮތުން ބެލި ބެލުމުން، ވިސާގެ މުއްދަތު ހަމަވެފައިވާ އަދި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 8 ބިދޭސީއަކު ފާހަގަކުރެވިގެން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މީހުންނާ މެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ރާއްޖޭން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މި ހާއްސަ މަސައްކަތުގެ ތެރެއިން، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް 8,600 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި، އެކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތް ކުރަމުން ގެންދާކަމަށާއި އެގޮތުން ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ނިމުމަކަށް އައިސްފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދަޅުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެއީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށާއި އަދި މިހާރު ދެނެނުގަނެވި ތިބީ އެއް އިންސައްތަ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: