ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނިނެގުން މެދުކަނޑާލައިފައިވީނަމަވެސް، ކުނިނެގުމުގެ މަސައްކަތް މިއަދު ފަށާނަން: ވެމްކޯ

ވެމްކޯގެ މުވައްޒަފުންތަކެއް. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޮންމެ ހާލަތެއްގައިވެސް ކުނިނެގުމަށް ވެމްކޯއިންވަނީ ތައްޔާރުވެފައި. ފޮޓޯ: ވެމްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އަށް ބުދަ ދުވަހު މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާގުޅިގެން ކުނިނެގުން މެދުކަނޑާލައިފައިވީ ނަމަވެސް، ކުނިނެގުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް ވެމްކޯއިން ބުނެފިއެވެ.

ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން، ބުދަދުވަހުގެރޭ ވެމްކޯގެ ޖެނެރަލް މެނޭޖަރ އޮފް އޮޕަރޭޝަންސް، އަޙްމަދު ޝާފިޢު ވިދާޅުވީ، މިއަދު ކުނިނެގުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، މެންދުރުގެ ވަގުތެއްގައިކަމަށެވެ.

މީގެ އިތުރުން، އަޙްމަދު ޝާފިޢު ވިދާޅުވީ، މެދުކެނޑުމަށްފަހު އަލުން މަސައްކަތްފަށާނީ، ބޮޑެތި ބަދަލުތަކަކާއެކީ ކަމަށާއި، ވަގުތީގޮތުން ކުނިނެގުން ހުއްޓައިލީ، ގެންނާނެ ބަދަލުތައް ކަނޑައެޅުމަށްޓަކައިކަމަށެވެ.

ވެމްކޯއިން މިއަދު މާލޭގައި ކުނިނެގުމުގެ މަސައްކަތްފަށާއިރު، ގޭބީސީތަކަށް ވެމްކޯގެ މުވައްޒަފުން ވަދެ ކުނިނެގުންވަނީ ވަގުތީ ގޮތުން ހުއްޓައިލުމަށް ނިންމާފައެވެ. މި ގޮތުން، މިއަދުން ފެށިގެން ގޭބީސީތަކުން ކުނިނެރެންޖެހޭނީ ކަނޑައަޅާފައިވާ ވަކި ވަގުތުތަކެއްގައި، އެ ގޭބީސީއެއްގައި ދިރިއުޅޭމީހުން އަމިއްލައަށްކަމަށާއި، ކުނިބޭރުކުރަންޖެހޭ ވަގުތުތައް ފަހުން ހާމަކުރާނެކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯއިން މި އުސޫލު ކަނޑައަޅާފައިވީ ނަމަވެސް، ކޯވިޑް-19 އާއި ގުޅިގެން ވަދެނިކުމެއުޅުން މަނާކޮށްފައިވާ ގެތައް މި އުސޫލުން އިސްތިސްނާވާނެކަމަށެވެ. މި ގޮތުން، އެފަދަ ތަންތަނުން ކުނި ބޭރުކުރުމަށް، ވެމްކޯގެ ”ސްޕެޝަލް ޓާސްކްފޯސް“ ދިއުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ވެމްކޯއިން ބުނީ، ”ސްޕެޝަލް ޓާސްކްފޯސް“ ގެ މުވައްޒަފުން ކުނިނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ، ހެނދުނު 08:30 އިން ފެށިގެން މެންދުރު 12:00 އަށްކަމަށެވެ.

މީގެ އިތުރުން، ކުނިކޮތަޅުތައް ބަންދުކުރުމުގައި ދިޔާތަކެތި ކޮތަޅުން ބޭރުނުވާނެހެން، ބަންދުކުރުމަށާއި، މި ކަންކަމުގައި ފަރުވާތެރިވެ، އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ޢަމަލުކޮށް، އެއްބާރުލުންދިނުމަށް ވެސް ވެމްކޯއިން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: