މާލެސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، އެސްޓީއޯ އީސްޓޯރުގެ ޚިދުމަތް މެދުކަނޑައިލުމަށްފަހު، މިއަދު ޚިދުމަތްދޭން ފަށައިފިއެވެ.
އެސްޓީއޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ޚިދުމަތް މެދުކަނޑައިލީ، 24 ގަޑިއިރުގެ މުއްދަތަށް މާލޭސިޓީ ލޮކްޑައުން ކުރުމުން، ޑެލިވަރީކުރުމަށް ނަގަންޖެހޭ ޚާއްސަ ހުއްދަނެގުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް މިހާރު އީސްޓޯރުގެ ޚިދުމަތްތައް މިހާރު ލިބޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ ޑެލިވަރީކުރުމުގެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ، ދިވެހިރާއްޖޭގައި ޑެލިވަރީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ”ރެޑް ބޮކްސް“ އާއި ގުޅިގެންނެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސްޕަރމާރޓުން ގަންނަން ބޭނުންވާ ތަކެތި ގަތުމަށް، ކުންފުނީގެ ވެބްސައިޓު sto.mv/product މެދުވެރިކޮށް އޯޑަރު ކުރުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފައިސާދެއްކުމުގެ އިންތިޒާމު ވެސް ވެބްސައިޓު މެދުވެރިކޮށް ހަމަޖެހިފައިވާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

