ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޓާސްކްފޯސް ބައްދަލުވުން އޮންލައިންކޮށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނާއި މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންމެ ބާއްވަވަމުން އަންނަ ބައްދަލުވުން، އޮންލައިންކޮށް ކުރިއަށް ގެންދަވަން އެމަނިކުފާނު ފައްޓަވައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ކަންކަމުގެ މަޝްވަރާތައް ފުރަތަމަ ބޭއްވީ ރައީސް އޮފީހުގަ އެވެ. ނަމަވެސް ސަރުކާރުގެ އޮފީސްތައް މިދިޔަ މަހުގެ 19 ގައި ބަންދުކުރުމުން ބައްދަލުވުންތައް ބާއްވަމުން ގެންދެވީ މުލީއާގޭގައެވެ.

ޓާސްކް ފޯހުގައި، ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ކަމާބެހޭ އެކި ވަޒީރުންނާއި ޓެކްނިކަލް އެގްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރުންނާއި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.

ވަގުތާއި އެ އިރެއްގައި އޮތް ހާލަތަށް ބަލައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަވަން ރައީސް ނިންމެވީ، ބުދަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން އާއި އެހެނިހެން ކަންކަން ކުރުމަށް 24 ގަޑިއިރަށް މާލެ ލޮކްޑައުން ކުރުމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ނިންމަންޖެހޭ ކަންތައްތައް ރައީސް ސޯލިހު ނިންމަވަނީ ޓާސްކް ފޯހުގެ މަޝްވަރާގެ މަތިންނެވެ.

ރާއްޖެ އިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ އިސް އަދި ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި ސަރުކާރުގެ ކަމަކީ އެ މީހުންގެ ލަފަ އާއި އިރުޝާދުތައް ތަންފީޒު ކުރުން ކަމަށް މާޗު މަހުގެ 25 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އިން ވެސް ކޮވިޑް-19 ބަލީގެ 13 މީހަކު ފެނި މިހާތަނަށް އަށް މީހަކު ރަނގަޅުވެފައިވާއިރު، ދިވެހި ރައްޔިތުން ވެސް ކުރަންވީ ކަމަކީ ސިއްހީ ތަޖުރިބާކާރުންގެ ލަފައާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް ފެނުމާއެކު ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އިތުރު ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާގެ ތުއްތު ދަރިފުޅާއި އަންހެން މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: