ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑެލިވަރީގެ ހިދުމަތަށް މިރޭ ހައްލެއް ލިބޭނެ، ރަޖިސްޓްރީކުރާ ކަންމަތީ ފިހާރަތަކަށް ހުއްދަ ދޫކުރާނެ

ހުއްދަ ދޭނީ ހަމައެކަނި ޑެލިވަރީ ކޮށްދޭނެ ފިހާރަތަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިރަށް މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ކޭސްތަކެއް ފެނި މާލެ ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ރައްޔިތުންްނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފިހާތަކުން ޑެލިވަރީ ކުރުމަސް ދިމާވެފައިވާ ދަތިތަކަށް މިރޭ ހައްލެއް ލެބޭނެ ކަމަށާއި އަދި ރަޖިސްޓްރީ ކުރާ ކަންމަތީ ފިހާރަތަކަށް ފުލުހުން ހުއްދަ ދޫކުރަމުންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. 

މާލޭ ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީގެ މާޔަރު ޝިފާ މުހައްމަދު ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން ޑެލިވަރީ ސާވިސްތަކަށް ދަތިކަމެއް އައި ކަމަށެވެ. އެގޮތުން ކަންމަތީ ފިހާރަތައް ހުޅުވުމަށް ދިއުމަށް ދަތިވި މައްސަލައަކާއި ގިނަ ފާސް ނުލިބުމުގެ ސަބަބުން ދިމާވި މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން އެކަން ރަނގަޅުކުރުމުގެ ގޮތުން ކަންމަތީ ފިހާރަތައް ހުޅުވުމަށްޓަކައި ބޭނުންވާ ފާސް، ސިޓީ ކައުންސިލްގައި ރަޖިސްޓްރީވާ ހުރިހާ ކަންމަތީ ފިހާރަތަކަށް ފުލުހުންގެ ޓޯޔާޑުން މިރޭ ދޫކުރާނެ ކަމަށެވެ.

ސިފާ ވިދާޅުވީ  ޚިދުމަތް ދިނުމަށް ހުއްދަ ދެވޭނީ ޑެލިވަރީ ކޮށްދެއްވާނެ ފިހާރަތަކަށް އެކަނިކަމަށެވެ. ފިހާރަތައް ހުޅުވުމަށް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ޑެލިވަރީ ޚިދުމަތްދޭ ފިހާރަތަކަށް ދޫކުރާ ފާސްތައް ދޫކުރަމުންދާނީ ޕޮލިސް ޓޯޔާޑުންކަމަށްވެސް ސިފާ ވިދާޅުވިއެވެ.

ޚިދުމަތް ދިނުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ސިޓީ ކައުންސިލާއި ފުލުހުން ޤާއިމްކޮށްފައިވާ ފޯން ނަމްބަރުތަކަށް އިއްޔެ ބާރުބޮޑުވެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށް ނުދެވުނުކަމަށްޓަކައި ސިފާވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މިހާރު މާލެ ސަރަހައްދުތަކަށް ބަހާލެވި އެތަންތަނަށް ގުޅޭނެ ޚާއްސަ ނަންބަރުތަކެއް ކަނޑައެޅިފައިވާކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވަނީ މާލެތެރެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެންނެވެ. އެގޮތުން އިއްޔެގެ 15:30 ގައި އިއުލާނުކުރި 24 ގަޑިއިރުގެ ލޮކްޑައުންގެ މުއްދަތު ވަނީ މިއަދު އަނެއްކާ ވެސް އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންނަށް ތަކެތި ގަތުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސިޓީ ކައުންސިލުންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: