ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށްފި

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ކޭސްތަކެއް ރާއްޖޭގެ ވެރިރަށް މާލެއިން ފެނިފައިވާއިރު ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ. 

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިގެންވާ ބާރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރުގައި ބުނެފައި ވާގޮތުގައި 17 އޭޕްރީލް 2020 ވަނަ ދުވަހުގެ ހަވީރު 06:00 ން ފެށިގެން ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓައިލަންޖެހޭނެއެވެ. މި އެންގުމުގައި ބުނެފައިވާގޮތުގައި އެއްރަށުން އަނެއްރަށަށް މީހުން ދަތުރުކުރުން މަނާކޮށްފައިވާ ވަގުތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޟަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަންވާނެކަމަށެވެ. 

މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލްގެ އެންގުމުގައި ބުނެފައިވާގޮތުގައި ދިރިއުޅޭ ގޭބީސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެއުޅުމަކީ މަނާކަމެކެވެ. ވަކިން ހާއްސަކޮށް، ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި، މޫދައްއެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫން ހަރަކާތްތައް ބޭއްވުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަނާކުރެވިފައެވެ. އަދި ބަލިން ރައްކާތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޟަރޫރީ ބޭނުންތަކަށް ތަންތަނަށްގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަމުރުކޮށްފައެވެ.

ޑިރެކްޓަރ ޖެނެރަލްގެ އެންގުމުގައި ބުނެފައިވާގޮތުގައި ވޭތުވެދިޔަތަނުގައި، މާލެއިންނާއި، ރިޒޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގަން ޖެހޭނެއެވެ.

ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކުރެވިގެންދިޔައިރު ވެރިރަށް މާލެ ވަނީ ލޮކްޑައުން ކޮށްފައެވެ. އެގޮތުން މާލޭގައި ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ.  ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަހަށް 23 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 16 މީހަކު ވަނީ ރަނގަޅުވެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: