ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއަށް ހުރިހާ ބާރެއް ދެވުމުން ޕީއެންސީގެ މެންބަރުން މިއަދު އެކަމާ ހިތާމަކުރޭ: ނަޝީދު

ރައީސް މުއިއްޒުއާއި ރައީސް މުހައްމަދު ނަޝީދު ސަލާމް ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މެންބަރުން އެ ބޭފުޅުންގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ދީފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ މެންބަރުން މިއަދު ހިތާމަކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ސަރުކާރުން ބާރުތައް މަރުކަޒު ކުރަމުންދާ ކަމަށް ބުނެ ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސް، ކައުންސިލަރުންނަށް ލިބިދީފައިވާ ބާރުތައް ކަނޑުވާލުމަށެވެ. މިއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ހަނިކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ވަނީ ދެމެހެއްޓުމަށް ނިންމާފައެވެ. ކޯޓުން ކަނޑައަޅާފައިވަނީ މި އިސްލާހަކީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް ހިނގާނެ އިސްލާހެއް ކަމަށެވެ.

މި އިސްލާހު ގެނައުމުގައި އަމަލުކުރި ގޮތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއަށް މިފަދަ ބޮޑު ބަދަލެއް ގެނައީ މަޖިލީހަށް ހުށަހެޅި ދުވަހު ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ކަމަށެވެ. ”މިއީ މެންބަރުންގެ މިނިވަންކަމަށް އެޅުނު ހުރަހެއް“ ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، ނަޝީދު ވަނީ މިކަމުގެ ސަބަބުން މެންބަރުންގެ ބާރު ކެނޑިފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ބަދަލުތަކާއެކު ސަރުކާރުގެ ބާރުތައް ވަރުގަދަވެފައިވީ ނަމަވެސް، މިއީ ގައުމުގެ ޑިމޮކްރެޓިކް އުސޫލުތަކާ ބީރައްޓެހި ކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސިފަކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ހިންގުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: