ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް 18 އަހަރު: ރައީސް ޔާމީންގެ ހާއްސަ އިންޓަވިއުއެއް މިރޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ދިމާކޮށް ”ސަންގު“ ޓީވީން ގެނެސްދޭ ހާއްސަ ކަވަރޭޖުގައި މިރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ އިންޓަވިއުއެއް ގެނެސްދޭނެ އެވެ.

މިރޭގެ އިންޓަވިއު ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑުގެ 20:30 ގައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ގާނޫނުއަސާސީ ތަންފީޒު ކުރުމުގައި ދަތިތައް ދިމާވާކަމަށް ސިޔާސީ އެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައީސް ޔާމީންގެ ވިސްނުންފުޅު ހުރި ގޮތާއި ގުޅޭގޮތުން މިރޭގެ ޕްރޮގްރާމްގައި އެމަނިކުފާނު ވާހަކަ ދައްކަވާނެ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، ސިޔާސީ ގޮތުން އޮންނަ ބާރުގެ ތެރެއިން ގާނޫނުތަކާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ އަމާޒު ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ރައީސް ޔާމީން ވަނީ ދައުލަތް ހިންގުމުގައި ހުރި ބައެއް ކަންކަމާއި އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ މި ޕްރޮގްރާމުގައި އެމަނިކުފާނު ވަނީ ގައުމަށް ބޭނުންވާ މުހިންމު ބައެއް ބަދަލުތައް ވެސް ހިއްސާ ކުރައްވާފަ އެވެ.

މިރޭގެ ޕްރޮގްރާމް ސަންގުޓީވީގެ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވެސް ލައިވް ކުރާނެ އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: