ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ، އެއީ ވިޝަންއެއް ނެތް ބޭފުޅެއް: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތަނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ސިޔާސީ މަސައްކަތްޕުޅެއް ކުރެއްވުމަކީ ވުމަށްވުރެ ދުރުކަމެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިގައި ގައުމު ބިނާކުރުމުގެ އެ ވިޝަން އާއި ކެޕޭސިޓީ ނެތް ކަމަށެވެ. އަދި މި ސަރުކާރުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތުން، ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ކަންކަން އިސްލާހުވެގެންދާނެކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ޕީޕީއެމް/ޕީއެންސީ ތަމްސީލުކޮށްދެނީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީއާއި ގައުމުގެ ތަނަވަސްކަން އިތުރުކުރުމުގެ ބޮޑު އަމާނާތެކެވެ. ނަމަވެސް، ރައީސް މުއިއްޒު އެ ކަންކަމާ ދުރުގައި ހުންނަވައި ތިން އަހަރު ދުވަސް ބޭކާރުކޮށްލާފައިވާކަމަށް ވިދާޅުވި އެވެ.

އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖެއްޔާ އެ ވިޝަން ވެސް ނެތީ، އެ ކެޕޭސިޓީ ވެސް ނެތީ. ދެން އެހެންވީމާ، ފަސޭހަ ކަމެއް ނޫން. ވުމަށް ވުރެ ހަމަ ދުރު ކަމެއް

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޮވުމަށް މަސައްކަތް ކުރުމުގެ މަސައްކަތް ކުރާ މަންޒަރެއް ވެސް ނުފެންނާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަފުޅަށް ސިޔާސީ މައިދާނުގައި ވާދަކުރައްވަމުން ގެންދަވާއިރު، އަނެއްކާވެސް ރައީސް މުއިއްޒަށް ވޯޓު ހޯދައިދޭން އުޅުމަކީ ހަމަޖެހޭކަމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: