ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައުސިން މިނިސްޓަރުކަމުގައި ރައީސް މުއިއްޒު ގެނައި އެއްވެސް ޕްރޮޖެކްޓެއް ނެތް: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2013 އިން 2018 އަށް ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓުތައް ރާއްޖެ ގެނެސް ފަރުމާކުރުމުގައި އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ދައުރެއް ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެއްވެސް މަޝްރޫއަކީ އޭރުގެ ހައުސިންގ މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު އަމިއްލަފުޅަށް ފަރުމާކުރެއްވި ނުވަތަ އޮރިޖިނޭޓް ކުރެއްވި މަޝްރޫއެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ ބޮޑެތި މަޝްރޫއުތަކަކީ ވެސް ރައީސް އޮފީހުން އިސްނަގައިގެން، އެތަނުގައި ރޭވުންތައް ރާވައި، ފާސްކޮށްގެން ކުރިއަށް ގެންދިޔަ ކަންކަމެވެ.

މިއިން އެއްވެސް މަޝްރޫއަކީ މުއިއްޒު އޮރިޖިނޭޓް ކުރެއްވި މަޝްރޫއެއް ނޫން އިނގޭތޯ. ދެން ތެދެއްމެ އަޅުގަނޑު އެއްވެސް ގޮތަކަށް ބަދުބަހެއް ދަންނަވާކަށް ނޫން… ހައުސިން މިނިސްޓަރުގެ މި ޝިޔާ އޮންނާނެ. އެކަމަކު މުއިއްޒަށް ޗޮއިސެއް އޮންނާނެތޯ އެކަން ނުކޮށް. ނުކުރެއްވޭކަމަށްވަންޏާ އެހެން ހައުސިން މިނިސްޓަރެއް ނޫންތޯ ހުންނާނީ.

ރައީސް ޔާމީން ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދިޔަ މަސައްކަތެއް ކަމަށާއި، ދަރުމަވަންތަ ހޮސްޕިޓަލަކީ ސިންގަޕޫރުގެ ކުންފުންޏަކުން ކުރި މަސައްކަތެއް ކަމަށެވެ. އަދި ކިންގް ސަލްމާން މިސްކިތުގެ މަސައްކަތަކީ، އެ މިސްކިތުގެ ޓައިލްތަކާއި ޕެނަލްތަކުގެ ކުލަ ހޮވުމުގައި ވެސް އެމަނިކުފާނު އަމިއްލަފުޅަށް ކުރެއްވި މަސައްކަތް ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ ރައީސް މުއިއްޒަށް ކްރެޑިޓް ލިބެންޖެހޭނީ ހަމައެކަނި އެ މަޝްރޫއުތައް ހިންގި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވުމުން ކަމަށާއި، އެކަން ނުކުރެއްވޭ ނަމަ އެހެން ބޭފުޅަކު އެ މަގާމަށް އައްޔަންކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: