ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީ ވަރަށް ފުރިހަމަ، ނެތީ ތަންގީޒުކުރުމުގެ ކެރުންތެރިކަމާއި ފަންވަރު: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިހާރުގެ ޤާނޫނުއަސާސީއަކީ ފަރުމާގެ ގޮތުން ވަރަށް ފުރިހަމަ އަދި ވަރުގަދަ އެއްޗަކަށް ވީނަމަވެސް، އެ ތަންފީޒުކުރުމުގައި ވެރިންނާއި މުއައްސަސާތަކުގެ ކެރުންތެރިކަމާއި ފަންވަރު ނެތްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ދިމާކޮށް ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، 2008 ވަނަ އަހަރު ތަސްދީގުކުރެވުނު އައު ޤާނޫނުއަސާސީއަކީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމާއި ގަވަނަންސްގެ މޮޑެލްއަށް ބިނާކޮށް ހަދާފައިވާ ވަރަށް އެމްބިޝަސް ނުވަތަ އުންމީދީ ޤާނޫނުއަސާސީއެއް ކަމަށެވެ. އަދި އޭގެ ލިޔެވިފައިވާ އުސޫލުތަކަށް ބަލާއިރު، ދައުލަތް ހިންގުމުގެ ބާރުތައް ވަކިކުރުމާއި، ރައްޔިތުންގެ ހައްގުތަކާއި، ޗެކްސް އެންޑް ބެލެންސްގެ ނިޒާމު ތިއަރީ ގޮތުން ވަރަށް ވަރުގަދަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، އެންމެ ބޮޑު ކަމަކީ، މި ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިއިރު، ރައްޔިތުންނާއި ގައުމުގެ ލީޑަރުން އެކަމަށް ތައްޔާރުވެފައި ތިބި މިންވަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގާނޫނުއަސާސީ 2008 ގައި އައިއިރު ރައްޔިތުންނާއި ލީޑަރުން ގާނޫނުއަސާސީއަށް ޕްރިޕެއާޑް ހެއްޔޭ؟ އެ އިންޓެލެކްޗުއަލް ކެޕޭސިޓީއާއި ކެރުންތެރިކަން ހުރިހެއްޔޭ

ރާއްޖޭގައި އޮތް ރިޔާސީ ނިޒާމުގެ ތެރެއިން ޤާނޫނުއަސާސީ ތަންފީޒުކުރުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާއިރު، މުއައްސަސާތަކަށް ދޭންޖެހޭ ބާރުތައް ދީ، އެ ތަންތަން މިނިވަންކަމާއެކު ދޫކޮށްލަން ވެރިންނަށް ކެރިވަޑައިނުގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ސަބަބުން ޤާނޫނުއަސާސީގެ އުނިކަން ފެންނަމުންދަނީ އެއީ ލިޔެވިފައި އޮތް ގޮތުގެ މައްސަލައަކުން ނޫންކަމަށާއި، އެއީ ތަންފީޒުކުރުމުގައި ހުރި މައްސަލައެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތަކަކީ ސަރުކާރު ޖަވާބުދާރީކުރުވަން އުފައްދާފައިވާ ތަންތަން ނަމަވެސް، އެ ތަންތަނުގެ ވެރިންނަށް ސަރުކާރު ޖަވާބުދާރީކުރުވަން ކެރިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގެ ރޫހާ އެއްގޮތަށް މަސައްކަތް ނުކުރެވޭތީ މިއަދު ޤާނޫނުއަސާސީ ފެންނަނީ ”ދަތްނެތް ސިންގާއަކަށް ވެފައިވާ ތަނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: