ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި ހުރިހާ މުއައްސަސާއަކަށް ވެސް ދިނީ ފުރިހަމަ މިނިވަންކަންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅޭގޮތުން، ސަންގުޓީވީން ކުރިޔަށް ގެންދިޔަ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، 2013 އިން 2018 އަށް ހިނގައިދިޔަ ފަސް އަހަރުގެ ދައުރުގައި، ގާނޫނުއަސާސީއަށް އަމަލުކުރުން މަނާކޮށްފައި ނުވާނެކަމަށާއި އެއްވެސް މުއައްސަސާއެއް ހިނގިޔަނުދީ ހިފަހައްޓާފައި ނުވާނެ ކަމަށެވެ.

ހާއްސަގޮތެއްގައި ޝަރުއީ ދާއިރާއަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނުރައްކާތެރި އަމުރެއް ނެރުނީ ވެސް، ޖުޑިޝަރީއަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ އެގްޒެކެޓިވް ބްރާންޗުގެ ބާރު ނުފޯރާތީ ކަމަށެވެ. އަދި އެފަދަ ނުފޫޒެއް ފޯރުވަން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާނެކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑަކީ ގާނޫނުއަސާސީގައި މަތިކޮށްފައި އެހެރަ ޒިންމާތައް އަދާކުރަންޖެހޭ މުއައްސަސާތަކަށް ފުރިހަމަ މިނިވަންކަން ދީގެން މަސައްކަތް ކުރި މީހެއް

މީގެ އިތުރުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރައީސް އޮފީހުގެ ތެރޭގައި ހުރި މައްސަލަތައް ވެސް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވިއެވެ. އަދި އޮޑިޓަރ ޖެނެރަލް ދައުލަތުގެ ބޮޑެތި މުއައްސަސާތައް އޮޑިޓްކޮށް ރިޕޯޓްތައް ނެރެ، ފިޔަވަޅުތައް ވެސް އެޅިފައިވާކަން ފާހަގަކުރެއްވި އެވެ.

ވެރިކަމެއްގައި ކުއްލިއަކަށް ދިމާވާ މައްސަލަތަކުގައި، ވެރިއެއްގެ ސާބިތުކަމާއި ތަޖުރިބާއާއި އިލްމީ ގާބިލުކަމުގެ އަލީގައި ސްޕޮންޓޭނިއަސް ނުވަތަ ކުއްލި ފިޔަވަޅުތައް އަޅަންޖެހޭ ހާލަތްތައް އަންނާނެކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާޑުކިޔާ މީހުންނަށް ފާޑުކިޔުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށްދީގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: