މިއަދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އަންނަ ކޮންމެ ވެރިއަކަށް ގާނޫނުއަސާސީ ބޭނުންގޮތަކަށް ބަދަލުކުރުމުގެ ބާރު އޮތުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ފުރުމާއި ގުޅިގެ ހާއްސަ ކަަވަރޭޖުގައި ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީ މިހާހިސާބަށް އައިސްފައިވަނީ ވަރަށް ގިނަބައެއްގެ ބުރަ މަސައްކަތުން ކަމަށެވެ. މި ގާނޫނުއަސާސީގެ ސަބަބުން ވަރަށް ގިނަ ކަންކަން ހާސިލް ވެއްޖެ ކަމަށާއި އަދިވެސް މިނިވަންކަމާއިއެކު ވާހަކަ ދައްކާލެވޭ ކަމަށާއި އަދި މިއީ ސިޔާސީ ވާހަކަ މިހެން ދެއްކިދާނެ ކަމަށް ދުވަހަކުވެސް ގާބޫލުފުޅުވެސް ނުުކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހައްގުތަކުގެ އިތުރން ގައުމަށްވެސް މުހިންމު ކުރިއެރުންތަކެއް ލިބިގެން ގޮސްފި ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިކަމުގައި އޭނާ ކަންބޮޑުވާ ކަމަކީ އޭރު ގާނޫނުއަސާސީ ފަރުމާކުރި ނަމަވެސް މި ގާނޫނުއަސާސީ ފަހަތަށް އަނބުރާލުމުގެ ފުރުސަތު ފެންނާތީ ކަމަށެވެ. ގަނޫނުއަސާސީން ލިބުުނު ހައްގުތަކާއި ލިބުނު ކުރިއެރުންތައް ވެރިއަކަށް އަންނަ މީހާ އެކަންކަން ހަނިކޮށް، ގާނޫނުއަސާސީގެ މަފްހޫމުތައް ފަހަތައް ޖައްސާލާ ގޯސްކޮށްލުމުގެ ފުރުސަތު އެބައޮތްތޯ ފައްޔާޒް ވަނީ ސުވާލު އުފައްދާފައެވެ.
އަޅުުގަނޑަށް ގަބޫލުކުރެވެނީ އެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތޭ. ދަންނަވަން މިއުޅޭ ވާހަައަކީ ގާނޫނުއަސާސީ ފަރުމާކުރިއިރުގައި، އޭރުގައި އެ ފަރުމާ ކުރީ ބޭފުޅުންގެ ވިސްނުމަށް އައިސްފައި ނެތީ މިކަހަކަ ހާލަތެއްގައި ވެރިކަމަށް އަންނަ މީހަކާއި އެމީހަކަށް ސުޕަރމެޖޯރިޓީއެއް ލިބިއްޖިއްޔާމު މީގެ ހުރިހާ މަފްހޫމުތަކެއް ފުނޑުފުނޑުވެގެން ގޮސްދާނެ ކަން
ފައްޔާޒް ވިދާޅުވީ މީގެކުރިން ތިބި ތަނާއި މިހާރު އާދެވުނުު ހިސާބަށް ބަލާއިރު ވަރަށް ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައިވާ ކަމަމށެވެ. އހެން ނަމަވެސް ދާން ބޭނުންވާ ތަނަށް ދިނއަުމަށް ވަރަށް ބޮޑެތި ހުރަސްތައް ހުރި ކަމަށްވެސް އޭނާ ފަހަގަކުރެއްވިއެވެ. ފައްޔާޒް ވިދާޅުވީ މިހާރު ގނާނޫނުއަސާސީ އޮތީ ހެޔޮ ވެރިއެއް ލިބިއްޖެއްޔާ ރަނގަޅުގޮތް ނުވަތަ ނުބައި ވެރިއަށް އައިސްފިަމަ ހަދާނެ ގޮތެއްވެސް ނޭންގޭ ހިސާބުގައި ކަމަށެވެ.
މީގެއިތުރަށް ފައްޔާޒް ވިދާޅުވީ ވެރިއަކަށް އަންނަ މީހާ ގާނޫނުއަސާސީ ބޭނުންގޮތަކަށް އަނބުރާލިޔަ ނުދިނުމަށް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުފުޅުުރައްވާ ކަމަށެވެ.

