ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ނިޒާމެއްގެ ސިފަތައް އެކުލެވިގެންވާ ގޮތަށް ނޫނީ އެއްވެސް ތަނެއްގައި ރިޔާސީ ނިޒާމެއް ނެތް: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމެއްގެ ސިފަތައް އެކުލެވިގެންވާ ގޮތަށް ނޫނީ އެއްވެސް ތަނެއްގައި ރިޔާސީ ނިޒާމެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް 18 އަގަރު ފުރުމާއި ގުޅިގެން ސަންގުޓީވީން ގެނެސްދިން ހާއްސަ ކަވަރޭޖުގައި ފައްޔާޒް ވދާޅުވީ މިހާރު ދިމާވެފައިވަ މައްސަލަ ދިމާވީ އިންތިގާލީ ބާބުގެ ސަބަބުން ނޫން ކަމަށެވެ. ގާނޫނުއަސާސީގައިވެސް މާ ބޮޑެތި ގޯސްތައް ނެތް ކަމަށް ފާހަގަކުރައްވާ ފައްޔަޒް ވިދާޅުވީ ގާނޫނުއަސާސީ ދޫވެފައި އޮންނަނީ އިހުލާސްތެރި ބައެއްގެ އަތްމައްޗަށް ކަމަށާއި ދިމާވާ މައްސަލައަކީ ވެސް އެއީ ކަމަށެވެ.

އިހުލާސްތެރި ނޫން ބައެއްގެ އަތްމައްޗަށް ގާނޫނުއަސާސީ ދޫވުމުން ގާނޫނުއަސާސީ ބޭނުންގޮތަަށް މޮޑެލުމުގެ ފުރުސަތު އޮންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދަޅުވީ ގާނޫނުއަސާސީއަށް ބަަދަލު ގެންނަން ޖެހެނީ ވެރިކަމަށް އަންނަ މީހެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އަންނަ ބަޔަކު ނުވަތަ އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ލިބުނަސް ގާނޫނުއަސާސީއަށް ބޭނުންހާ ގޮތަކަށް ނުކުޅެވޭނެ ކަމަށެވެ. ގާނޫނުއަސާސީގެ މަފްހޫމތަކަށް ގޮތްގޮތް ނުހެދޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ލިބިވަޑައިގެން ތަޖުރިބާއަށް ބަލާއިރު މި ގައުމުގައި އޮތީ ގާނޫނުއަސާސީއާއި އެއްކޮޅު ބަޔަކާއި ގާނޫނުއަސާސީއާއި އިދިކޮޅު ބައެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ބޮޑުމަންޒަރަސް ބަލާފައި ބައެއް ފަހަރު ކަންކަން ފަހަތައް ޖައްސަލަބް ޖެހޭ، އެއީ ބޮޑު މަންޒަރަށް ބަލާފައި. އެހެންވީމާ އޭރުގައި އަޅޫގަނޑަށް ސީދާ ނޭންގެ، އެއީ އަޅުގަނޑަކީ އެތާ އެތެރޭގއި އިން މީހެއް ނޫން. އެކަމު އަޅުގަނޑު މެންނަށްވެސް އިވޭ އަޑުތަކުގައި ކަނބޮޑުވުން ރައްޔިތުނގެ ތެރޭގައި އޮތް އަނެއްކާވެސް ރައީސް މައުމޫން އިންތިހާބު ނަގައިގެންފާނެެ ތީވެ. އެކަހަލަ ހާލަތެއްގައިވެސް ރައީސުލްޖުްހޫރިއްޔާގެވެސް ބައެއް ބާރުތައް ހަނިކުރުމައި އެކަހަަލ ވަރަށް ގިނަ ކަންތައްތަކެއް ވިސްނުންތައް އޭގެތެރެއަށް ވަދެގެން ކަންނޭނެ އެކަން ދިޔައީ

ރާއްޖޭގެ ނިޒާމަށް އަލިއަޅުއްވާ ލައްވާ ފައްޔާޒް ވިދާޅުވީ ސީދާ މިއީ ރިޔާސީ ނިޒާމެކޭ ބުނާނެ އެއްޗެއް މީގައި ނެތް ކަމަށެވެ. ބަރުލަމާނީ ނިޒާމެއްގެ ސިފަތައް އެކުލެވިގެްވާ ގޮތަށް ނޫނީ އެއްވެސް ތަނެއްގައި ރިޔާސީ ނިޒާމެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އއި ބަރުލަމާނީ ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ފަރާތުން ރޕްރެޒެންޓޭޓިވް ޑިމޮކްރަސީ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: