ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވަގުތު މާލޭގައި ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރަންޖެހޭ: އާދަމް ޝަރީފް ޢުމަރު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިވަގުތު ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓުކުރަންޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މިއަދު މަޢުލޫމާތުދެއްވަމުން، އާާދަަމްް ޝަަރީީފްް ވިިދާާޅުުވީީ ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއްކަމަށާއި، ވޯރސްޓް ކޭސްއަށް ރާއްޖެ ތައްޔާރަށްއޮތްކަމަށް ސަރުކާރުން ހާމަކޮށްފައިވާކަމަށެވެ.

މި ގޮތުން، ލިބިފައިވާ ހުރިހައި ވަސީލަތެއްގެ ބޭނުން ހިފައިގެން ހުރިހައި އެންމެން ވެސް އަވަހަށް ޓެސްޓުކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި، މި ވައިރަސް އުފަންވި ޗައިނާއިން ވެސް އެންމެ އިސްކަމެއްދެނީ ޓެސްޓުކުރުމުގެ ކަންތައްތަކަށް ކަމަށެވެ.

މީގެ އިތުރުން، މި ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާ އެމެރިކާއާއި، އިނގިރޭސިވިލާތުން ވެސް، އެންމެ ބޮޑަށް ސަމާލުކަންދީފައިވަނީ، ޓެސްޓުކުރުމުގެ ކަންތައްތަކަށްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

”ލިބިފައިވާ ހުރިހައި ވަސީލަތެއްގެ ބޭނުން ހިފައިގެން ހުރިހައި އެންމެން ހުރިހައި އެންމެން އަވަހަށް ޓެސްޓްކުރަން ޖެހޭ. ޗައިނާ، ޔޫކޭ އަދި ޔޫއެސްގައި ވެސް އެންމެ އިސްކަންދިނީ އެ ކަމަށް“ އާދަމް ޝަރީފް

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުން މާލެއައިސް ތިބި މީހުން، ލޮކްޑައުންގެ ހާލަތުގައި ހުޅުމާލޭގައި ނިންމަމުންދާ ފުލެޓްތަކަށް ބަދަލުކޮށްގެން ނަމަވެސް، އެ މީހުންނަށް ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ލޮކްޑައުންގެ ހާލަތުގައި މާލޭގައި ތާށިވެފައި ތިބި އެކިރަށްރަށުގެ ދަތުރުވެރިން، ގެސްޓުހައުސްތަކުގައި 500 އަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ތިބޭ ތިބުމަކީ، އެފޯޑް ކުރެވޭނެކަމެއްނޫން ކަމަށެވެ.

”ރަށްރަށުން މާލެ އައިސް ތިބި މީހުން ލޮކްޑައުންގައި ހުޅުމާލޭގައި ނިމެމުންދާ ފްލެޓްތަކަށް ބަދަލުކޮށްގެން ނަމަވެސް، ގޮތްތަކެއް ހޯދައިދޭންޖެހޭ. ގެސްޓްހައުސްތަކުގައި 500 ޕްލަސް ރުފިޔާ ދީގެން ތިބުމަކީ އެފޯރޑްކުރެވޭނެކަމެއްނޫން“ އާދަމް ޝަރީފް

ސަންގު ޓީވީއަށް މަޢުލޫމާތު ދެއްވުމުގެ ކުރިން އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓްގައި ވެސް ވަނީ، މި ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، އާދަމް ޝަރީފްގެ ޓްވީޓުގައިވަނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރައްވާފައެވެ.

މާލޭގަ ތިބި އެންމެން ޓެސްޓު ކުރުމަށް އާދަމް ޝަރީފް ގޮވާލައްވާފައިވާއިރު، މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދަނީ ގިނަވަމުންނެވެ. ރާއްޖެއިން މިހާތަނަށް 32 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 12 މީހެއްގެ ކޭސް ފެންމަތިވެފައިވަނީ މާލެއިންނެވެ. އެއީ 11 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: