ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ކޮމިއުނިޓީ ސްޕްރެޑްއެއް ވެރިރަށް މާލެއިން ފެނި ކޭސް 28 އާއި ޑައިރެކްޓު ކޮންޓެކްޓުވީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތި، މާލެއިން މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައި ވަނީ ބުދަ ދުވަހުއެވެ. އެއަށްފަހު މިހާތަނަށް ފެނުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 13 އަށް އަރާފައެވެ.

