ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ނަން އޮންނާނެ، ރައީސް މުއިއްޒު އަނިޔާއެއް ނުދެއްވާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި އެމަނިކުފާނުގެ ނަން އޮންނާނެކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް ހުރަސްއަޅުއްވާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ މައްޗަށް ހުކުމްތައް އިއްވީ ނުހައްގުން ކަމަށެވެ. އަދި އެއީ އަނިޔާވެރިކަމާއެކު ގެނައި ހުކުމްތަކެއްކަން ރައީސް މުއިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒަކީ އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅަކަށް ވުމުން، އެމްއެމްޕީ.އާރުސީގެ މައްސަލައިގައި ރައީސް ސޯލިހު އެމަނިކުފާނުގެ ބޮލުގައި އެޅުވި ބަދުނާމުތަކަކީ ހަގީގަތެއް ނޫންކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް މުއިއްޒަކީ އެގޮތަށް އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަކަށް. އަޅުގަނޑުމެން ވަރުގެ މީހަކަށް އެވަރުގެ އަނިޔާއެއް ދެއްވަފާނެ ކަމަށް ގަބޫލެއް ނުކުރެވޭ

ސަރުކާރު ހިންގުމުގައި ރައީސް މުއިއްޒަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށާއި، ނަމަވެސް އެމަނިކުފާނަކީ އެފަދަ އަނިޔާވެރިކަމެއް ކުރައްވާނެ ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކުރިމަތިލާ ކޮންމެ އިންތިހާބަކުން ފެންނަމުންދަނީ ރައްޔިތުންގެ ހިތްހަމަނުޖެހުމެވެ. އެހެންކަމުން، 2028 ގެ އިންތިހާބު ކާމިޔާބު ކުރެވޭ ވަރާ ގާތަށް ވެސް ރައީސް މުއިއްޒަށް ވޯޓު ނުލިބޭނެކަން އެމަނިކުފާނަށްވެސް މިހާރު އެނގިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ހޯދައި، ސަރުކާރަށް ތާއީދު އިތުރުކުރެވޭނެކަމަށް ގަބޫލުނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: