ލޮކްޑައުންގެ މިހާލަތުގައި ކޮންމެ ރައްޔިތަކުވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓައިފިނަމަ، މާލޭގައި ކޮރޯނާ ވައިރަސް މާސް ސްޕްރެޑްއެއްގެ ގޮތުގައި ފެތުރިގެން ދިއުން ހުއްޓުވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފަރާތުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު މާލެ ތެރެެއިން ފެންނަމުން މިދަނީ ކުރިން ޓްރޭސް ނުވެ ހުރި ކޭސްތަކެއް ކަމަށެވެ. އަދި ފިޔަވަޅުތައް ވަރުގަދަވެފައި އެއަށް އަމަލު ކުރެވިއްޖެ ނަމަ ބަދަލުތަކެއް އަދަދުތަކުން ފެންނާނެ ކަމަށެވެ.
ކޭސްތައް ފެންނަމުން ދަނީ، ބަލީގެ ކުރީކޮޅުކަން ފާހަގަކުރައްމުން އަފްޒަލް ވިދާޅުވީ، ބަލި ފެތުރޭ މިންވަރު ނުރައްކާވާ މިންވަރަށް ނުގެންދެވޭނެ ގޮތްތަކެއް ހޯދުން މުހިންމު ކަމަށެވެ. އަފްޒަލް ވިދާޅުވި ގޮތުން މިއީ ”ބެކްލޮގް“ ކޭސްތަކެކެވެ. އެއީ ބަލި ޖެހި ނުފެނި ހުރުމެވެ. ކަންބޮޑުވާ ހާލަތަކަށް ސްޓޭޓަސް ބަދަލުވާނީ ޑަބަލް އިންފެކްޓުވާން ފަށާ ހިސާބުން ކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ.
އެއީ ދުވާލެއްގެ މައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުުރުވެގެން ދާން ފެށުމެވެ. އެހެން ކަމުން، ޑަބަލް އިންފެކްޓިން ހާލަތެއް އަދި ނެތް އިރު ސްޓޭބަލް ހާލަތަކަށް ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ޑރ. އަފްޒަލްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
”ކަންބޮޑުވާ ރޭޓަކަަށް ދާނީ އަޅުގަނޑުމެން މިކިޔާ ޑަބްލިން އިފެކްޓެއް އަންނަންޏާ. އޭގެ މާނައަކީ ދުވަހުން ދުވަހަށް ފެންނަ ކޭސް ލޯޑް އިތުރުވަމުން ނުވަތަ މަލްޓިޕްލައިވަމުން، ދާ ކަމަށް ވެއްޖެއްޔާ“ ޑރ. އަފްޒަލް
މާލެ ސަރަހައްދުގެ ލޮކްޑައުންއަކީ ބަލި ހުއްޓުވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެން ކަމުން ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާނަމަ ސްޓޭބަލްކޮށް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. އަފްޒަލް ވަނީ ބަލި ފެތުރުން ކުއްލިގޮތަކަށް ނުހުއްޓޭނެ ކަމަށެވެ. އަދި އެކަން ހަމައަކަށް އެޅެންވެސް 14 ދުވަސް ނަގާނެ ކަމުގައި ފާހަގަކުރެއްވިއެވެ.
ބަލީގެ އަސަރު ހުންނަ މީހުން ފެންނަ ވަރު މިއަދު އިތުރުވިއެވެ. އެއީ 6 މީހުންނެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ޑރ. އަފްޒަލް ވިދާޅުވީ ފުރަތަމަ ދުވަސްވަރު ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން ޑރ. އަފްޒަލް އެދިވަޑައިގަތީ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިވުމަށެވެ. އަދި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހާއްސަކޮށް ގިނަގިނައިން އަތް ދުވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވިއެވެ. ޑރ. އަފްޒަލް ވަނީ ޑެލިވަރީ ކުރުން ފަދަ ކަންކަމުގައި އުޅޭ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

