ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަޙައްދުން، ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އެކަހެރިވުމަށް އެޗްޕީއޭއިން އަންގައިފި

ޑިޕާރޓްމަންޓް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު. ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ފަނަރަވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުން، ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން އެކަހެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އަންގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެއަށާއި، ހުޅުމާލެއަށާއި، ވިލިމާލެއަށާއި، ގުޅީފަޅަށާއި، ތިލަފުށްޓަށް ވައިގެމަގުންނާއި ކަނޑުމަގުން މުދާ ހުސްކުރުމަށާއި، މުދާ ބަރުކުރުމަށް ދަތުރުކުރި އުޅަނދެއްގައިވާ މީހަކު މިއިން ރަށަކަށް ފައިބައިފިނަމަ އެކަހެރިވާންޖެހޭނެކަމަށެވެ.

މިގޮތުން، އެ ފަދަ މީހަކު ދިރިއުޅޭ ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް، އެ ފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އަންގާކަމަށް ވެސް އެޗްޕީއޭއިިންް ބުުނެެއެެވެެ.

އެޗްޕީއޭއިންވަނީ، އެ ފަދަ މީހުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ސިއްހަތު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް އަންގާފައެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ބުނީ، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާއި އެއްގޮތަށް ފިޔަވަޅު އަޅަމުންދާކަމަށް، ލޯކަލް ކައުންސިލްތަކުންނާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރަންވާނެ ކަމަށެވެ.

މިހާތަނަށް މާލެއިން މި ވައިރަހަށް ފަނަރަ މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ކޭސްތަކާއި ގުޅިގެން، ރާއްޖޭގެ ބައެއް ހިސާބުތައް މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. މި ގޮތުން، ކޮވިޑް-19 ފެތުރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ޒަރޫރީބޭނުމެއްގައި ފިޔަވައި، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވެސް ސަރުކާރުންވަނީ އަންގާފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: