ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރައްކާތެރިކަމަށްޓަކައި ގެއަށް ބަދަލު ކޮށްދިނުމަށް ގޮވާލައިފި

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ހުކުމެއް ތަންފީޒް ކުއްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރައްކާތެރިކަމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ގޮވާލައިފިއެވެ.

އިދިކޮޅު ފަރާތްތަކުން އެގޮތަށް ގޮވާލީ މާފުށީ ޖަލުގައި ގައިދީންނާއި އޮފިސަރުންނާ ދެމެދު ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުމާއި ގުޅިގެން ރައީސް ޔާމީނަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭން ބަޔަކު މަސައްކަތްކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ރައީސް ޔާމީންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ޕީޕީއެމް-ޕީއެންސީގެ ޒިންމާއެއް ކަމަށާއި ލަސްކުރުމެއް ނެތި މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް  ގޮވާލާ ކަމަށެވެ.

މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ރޭ ކާން ދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ވަނީ ޔުނިޓުން ނިކުމެފަ އެވެ. ޔުނިޓުން ނިކުމެ ޖަލުގެ ބައެއް އޮފިސަރުންނާ ދެމެދު ހަމަނުޖެހުން ހިނގި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑާ ކުރެއްވި މައްސަލާގަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެއް ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރެ އެވެ. އަދި ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށްފަހު އެ ފައިސާ ލޯންޑަ ކުރި ކަމުގެ ތުހުމަތެއް ވެސް ކުރެވެ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ބުނަމުންދާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައި ވަނީ ނުހައްގު ދައުވާއެއްގެ މައްޗަށް ނުހައްގު ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: