ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ކާޑު ހުސްވެއްޖެކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމަކީ، ރައްޔިތުންނަށް ކުރެވޭ އަނިޔާއެއް: އަމްރު

އެސްޓީއޯއިން ވިލިމާލެއަށް ކާޑުގެ ބާވަތްތައް ޑެލިވަރީކުރަނީ. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކާޑު ހުސްވެއްޖެކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމަކީ، ރައްޔިތުންނަށް ކުރެވޭ އަނިޔާއެއްކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރޭގެވަގުތެއްގައި އަމްރު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ކާޑުގެ ބާވަތްތައް ހުސްވެފައިވާކަމަށް ބުނެ ދޮގު ޚަބަރު ފެތުރުމަކީ، މި ފަދަ ހާސްކަން ބޮޑު ދަނޑިވަޅެއްގައި ރައްޔިތުންނަށް ކުރެވޭ އަނިޔާއެއްކަމަށެވެ.

އަމްރު މިހެން ވިދާޅުވެފައިމިވަނީ، ރާއްޖޭގެ ޓެލެގްރާމް ނިއުސް ޗެނަލްއެއްކަމަށްވާ ”އެމްވީ ކްރައިސިސް“ އިން ޓްވިޓަރގައި ޢާންމުކޮށްފައިވާ ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

އެމްވީ ކްރައިސިސްއިން ކޮށްފައިވާ ޓްވީޓްގައި، އާދައިގެ ހަނޑުލާއި، ބާސްމަތީ ހަނޑޫ އެސްޓީއޯއިން ހުސްވެފައިވާކަމަށް ބުނެފައިވެއެވެ.

މި ގޮތުން އެމްވީ ކްރައިސިސްގެ ޓްވީޓަށް ރައްދުދެއްވަމުން އަމްރު ވިދާޅުވީ،stoplc@ ގެ
storate.sto.mv/staples
ވެބްސައިޓުން ރާއްޖޭގެ އެކި ހިސާބަށް ކާޑު ގެންގޮސްފައިވާ މިންވަރާއި، ތަފްސީލް ސާފުކޮށް ލިބެމުންދާނެކަމަށާއި، މިހާރު ވެސް މިދަނީ އެކިރަށްރަށަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދެމުން ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސްކަމަށްވާ ކޮވިޑް-19 އިގެ ސަބަބުން، ރާއްޖެއިން ކާޑުގެ ބާވަތްތަކާއި، ބޭހުގެ ބާވަތްތައް ހުސްވެދާނެތީ ރައްޔިތން ހާސްނުވުމަށް އަމްރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެންމެ ނުރައްކާތެރި ހާލަތުގައި ވެސް، ރައްޔިތުންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަކީ، އެސްޓީއޯގެ އަމާޒުކަމަށާއި، އެ ކުންފުނި އޮތީ އެކަމަށް ތައްޔާރަށްކަމަށް ވެސް އަމްރުވަނީ ވިދާޅުވެފައެވެ.

މި ގޮތުން، މިހާރު ވެސް އެސްޓީއޯއިން އަންނަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

އެސްޓީއޯއިން ބުނީ ރަށްރަށަށް ބޭނުންވާނެ ކާޑުގެ ބާވަތްތައް ފޮނުވުމަށްޓަކައި، އެ ތަކެތި އުޅަނދުފަހަރަށް ޑެލިވަރކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މީގެ އިތުރުން ކާޑުގެ ބާވަތްތަކާއި ބިސްފަދަ ތަކެތި، މިހާރު ވެސް، ބައެއް ރަށްރަށަށް ފޯރުކޮށްދީފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

 މި ގޮތުން ޑެލިވަރީކޮށްދީފައިވާ ރަށްރަށަށް ބަލާއިރު، ބ.އޭދަފުށްޓާއި، ގދ.ތިނަދުއާއި، ވިލިމާލެ ވެސް ހިމެނެއެވެ.

ހަމައެހެންމެ ބިސް ފަދަ ޕެރިޝަބަލް އައިޓަމް ޑެލިވަރީ ކޮށްދިން ސިޓީތަކުގެތެރޭގައި، ތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: