ރޯގާގެ އަލާމާތްތަކާއި އެކު މާލޭގެ ފްލޫ ކްލިނިކްއަށް ދެއްކި ބަންގްލަދޭޝްގެ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއީ މާލެއިން ޕޮޒިޓިވްވި 16 ވަނަ މީހާ އެވެ. ބިދޭސީ މި މީހާއަކީ އަދި މީގެ ކުރިން ބައްޔަށް ޕޮޒިޓިވް ވީ މީހަކާއި ގުޅުމެއް ހުރި މީހެއްތޯ އަދި ސާފެއް ނުވެއެވެ. އެހެން ނަމަވެސް، އޭނާ ޑޮކްޓަރަށް ދައްކާފައިވަނީ އަމިއްލައިންނެވެ.

