ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްކަރީ މަތިންދާބޯޓުގައި ދިވެހި ދަރިވަރުން އެނބުރި ގައުމަށް، ބަންގްލަދޭޝްގެ 70 މީހަކު އެ މީހުންގެ ގައުމަށް!

ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ކުރެވޭ މަސައްކަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޕާލްއާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ގެންނަ އަސްކަރީ މަތިންދާ ބޯޓުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އައި 70 މީހަކު ފޮނުވާލާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ތާށިވެފައި ތިބި ގިނަ ދިވެހިންނަކީ ޑޮކްޓަރުކަން ކިިޔަވަމުން އަންނަ ދަރިވަރުންނެވެ. އަދި ނޭޕާލުގައި ތިބީ، ޑޮކްޓަރުކަމުގެ ލައިސެންސްއާއި އެކު ސްޕެޝަލައިޒްވުމަށް އެ ގައުމުގައި ތިބި ޑޮކްޓަރުންނެވެ. އަދި އިންޓާންޝިޕް ދަރިވަރުންގެ އިތުރުން ނޭޕާލްގައި ތިބީ 17 ދިވެއްސެއް ވެސް ހިމެނެއެވެ. އެ މީހުންނަށް ރާއްޖެ ނާދެވުނީ، ފުރުމަށް އެއާޕޯޓުގައި ތިއްބައި މުޅި ގައުމު ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.

ދެ ގައުމުގައި ވެސް ތިބި ދިވެހިން ގޮވައިގެން ރާއްޖެ އަންނަނީ، ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. އަދި ދަރިވަރުންނާއި އެކު ރާއްޖޭގައި ކޮރޯނާ ވައިރަސް އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީވުމަށް 10 މެމްބަރުންގެ މެޑިކަލް ޓީމެއް ވެސް ރާއްޖެއަށް އަންނާނެ އެވެ.

ދިވެހިން ގެނައުމާއި ބެހޭގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރިވަރުން ގެނައުމާއި ގުޅޭގޮތުން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން އެއްބާރުލެއްވުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އެއާއި އެއްކޮށް ކުރިއަށް ދާނެ ކަމަށެވެ.

https://twitter.com/abdulla_shahid/status/1251931754576916482

ގަވާޢިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދަން އެ ގައުުމުގެ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައި ވެސް ވެއެވެ. މިދިޔަ ދެ ހަފުތާގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި އެ މަޝްވަރާތައް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: