ތިލަދުންމަތީގެ ރަށްތަކަށް، އަލުތްވާއި ބިހާއި، ފިޔާ އެސްޓީއޯއިން އިިއްްޔެެ ފޯރުކޮށްދީފިއެވެ.
މިި ތަަކެެތިި އެ އަތޮޅު ކުޅުދުށްފުށްޓަށް ގެންގޮސްފައިވަނީ އިންޑިއާ މަގުންނެވެ.
މި ގޮތުން، 1800 ބަސްތާ ފިޔާގެ އިތުރުން، އުތުރުގެ ރަށްތަކަށް ފޮނުވާފައިވަނީ 550 ބަސްތާ އަލުތްވާއި، 1000 ކޭސް ބިހެވެ.
އެ ތަކެތީގެ ތެރެއިން ބައެއް އެއްޗެހި ކުޅުދުއްފުށިން، އެ އަތޮޅުގެ ރަށްތަކަށް މިހާރު ވަނީ ފޮނުވާފައެވެ.
އެސްޓީއޯ އިން ހާމަކުރާގޮތުގައި ފިޔާކިލޯއެއް ވިއްކަން ހަމަޖެހިފައިވަނީ، 12 ރުފިޔާއަށެވެ. ފިޔާ ކިލޯއެއްގެ އަގަކީ 265 ރުފިޔާކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މީގެ އިތުރުން އަލުވި ކިލޯއެއް 14 ރުފިޔާއަށް ވިއްކަން ހަމަޖެހިފައިވާއިރު، އަލުވި ބަސްތާއެއް ވިއްކަން ހަމަޖެހިފައިވަނީ، 280 ރުފިޔާއަށްކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ ބިސް ވިއްކުމަށް ހަމަޖެހިފައިވަނީ ވަކިންކަމަށާއި، ބިހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 1.05 ރުފިޔާއަށްކަމަށެވެ.
ލޮކްޑައުންގެ ހާލަތުގައިވެސް އެސްޓީއޯއިން އަންނަނީ އަތޮޅުތެރޭގެ ރަށްތަކަށް ކާޑުގެ ބާވަތްތަކާއި، ބިހާއި އަލުތްވާއި ފިޔާ ފޯރުކޮށްދެމުންނެވެ.

