ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން ބައްޔަށް ޕޮޒިޓީވް ވީ މީހުން: ވަކި ތާރީހު ތަކެއްގައި އިހުސާން އަދި ލިލީ ފިހާރައަށްދިޔަ މީހުން އެކަން އެނގުމަށް އެދިއްޖެ

މާލޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމަ ދުވަހު ވެރިރަށް މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އިހުސާން ފިހާރަ ކުންފުނީގެ ޑެލިވަރީ މުވައްޒަފުން ހިމެނޭއިރު ތަފާތު ތިން ދުވަހެއްގެ މަތިން މާފަންނުގައި ހުންނަ އިހުސާނު ފިހާރައަށް ދިއަ މީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެކަން އެންގުމަށް އެ އިދާރާއިން އެދިއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޭޝަންޓް 59 އަދި ޕޭޝަންޓް 60 އަކީ އިހުސާން ފިހާރަ ކުންފުނީގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ކަމަށެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ. އިހުސާން ފިހާރައަކީ ގިނަ އަދަދެއްގެ މީހުން ވިޔަފާރި ކުރުމަށްދާ އަދި ޑެލިވަރީގެ ހިދުމަތް ދެމުން އަންނަ ފިހާރައެކެވެ. މާލޭގައި އިހުސާން ކުންފުނީގެ ދެ ފިހާރައެއް ހިންގައެވެ.

ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވި، އިހުސާން ފިހާރައިގެ މުވައްޒަފުންނަކީ ޑެލިވަރީގެ ހިދުމަތް ދޭ ބަޔަކަށް ވުމާއި އެކު ގިނަ ބަޔަކާއި ދިމާވެފައި ހުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން މި މަހުގެ 15،16،17 މި ތިން ދުވަހު މާފަންނުގައި ހުންނަ އިހުސާނު ފިހާރައަށް ދިއަ މީހުން އެޗްޕީއޭއަށް އަންގަން އެދޭ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވް ކޭސްތަކުގައި ހިމެނޭ ޕޭޝަންޓް 55 އަކީ ލިލީ ފިހާރައިގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިޔަށްދާއިރު ބައްދަލުވެފައި ތިބި އިތުރު ބައެއް ތިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ ވަނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އިރުއޮއްސި 06:00 އާއި ދެމެދު އަދި 14 ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ހަވީރު 04:00 ޖެހުމާއި ދެމެދު އެ ފިހާރައަށް ދިޔަ މީހެއްނަމަ އެކަން އެންގުމަށް އެދިވަޑައިގެންފަ އެވެ.

ކޮރޯނާ ވައިރަސްއަށް ހޯމަ ދުވަހު އެކަނި ވެސް މާލެއިން މިހާތަނަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. އެއާއެކު ހަމައެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 49 އަރާފަ އެވެ. އެ މީހުންނާ ސީދާ ގޮތުންނާ ނުސީދާ ގޮތުން ބައްދަލުވި މީހުން ހޯދައި އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި 900 އަށް ވުރެ ގިނަ މީހުން ވަނީ ހޯދިފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: