ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއްކަމަށް ކޮވިޑް-19 އިގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.
އަންގާރަވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ، ޕޮޒިޓިވްކަމަށް އިޢުލާނުކޮށްފައިވާ ކޭސް 26 އަކީ ޕްރޮބަބްލް ކޭހެއްކަމަށެވެ.
އޭގެ މާނައަކީ، އޭނާގެ ފުރަތަމަ ޓެސްޓު ޕޮޒިޓިވްވެ، ދެވަނަ ޓެސްޓާއި، ތިންވަނައަށް ވެސް ކުރެވުނު ޓެސްޓު ނެގެޓިވްވެފައިވުންކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނަމަވެސް، ޕޮޒިޓިވްވި ކޭސްތަކުގެތެރޭގައި، 37 އަހަރުގެ އެ އަންހެންމީހާ ހިމަނާފައިވަނީ، ހައި ރިސްކްއޮތް ކަނބަލެއްކަމަށްވާތީއާއި، ޑައިރެކްޓްކޮންޓެކްޓްވެފައިވާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެހެންކަމުން އޭނާ ވެސް ބަލާނީ އެކްޓިވް މީހެއްގެގޮތުގައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ފޮޒިޓިވްވުމަށްފަހު، އޭގެފަހުން ނެގެޓިވްވިޔަސް، ޓެގް ޓީމުން ދެން ބަލާނީ އޭނާގެ ކޮންޓެކްޓަށްކަމަށެވެ.
މި ގޮތުން ކޭސް 26 އަކީ، ކޭސް 23 އާއި ގުޅުން އޮތް މީހެއްކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ޕޮޒިޓިވްވުމަށްފަހު ދެ ކޭހެއް ޕްރޮބަބްލް ކޭސްތަކެއްގެގޮތުގައި ބަލާފައިވާކަމަށެވެ.
މިހާރު އިޢުލާންކޮށްފައި ހުންނާނީ ކޮންފާރމްޑް ކޭސްތައް ކަމަށާއ، އެ ޢަދަދުތަކަށް ބަދަލެއް ނާންނާނެކަމަށެވެ.

